ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އީ-ޕަރފޯމަންސް މެނޭޖްމަންޓް މޮޑިއުލް ބޭނުންކޮށްގެން ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމާބެހޭ

ދިވެހި ސިވިލް މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ މަސައްކަތް، "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު" އާ އެއްގޮތަށް ސީއެސްވިއުގައިގެ އޮންލައިން ޕޯޓަލްގެ ތެރެއިން "އީ-ޕަރފޯމަންސް މެނޭޖްމަންޓް" މޮޑިއުލް މެދުވެރިކޮށް ކުރެވޭނެގޮތް 1 އޭޕްރީލް 2022 އިން ފެށިގެން ހަމަޖައްސާފައިވާތީ، އެ ކަން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރާ އިދާރާތަކަށް އަންގަމެވެ.

ވުމާއެކު، މި ސަރކިއުލަރއާ އެކުގައިވާ "އީ-ޕަރފޯމަންސް މެނޭޖްމަންޓް ޔޫޒަރ މެނުއަލް" ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް މުވައްޒަފުންގެ ސުޕަރވައިޒަރުން ކަނޑައެޅުމުގެ މަސައްކަތް އިދާރާތަކުން ކުރުމަށާއި، ސީއެސްވިއުގަ އޮންލައިން ޕޯޓަލް (https://myaccount.csc.gov.mv/) މެދުވެރިކޮށް ހުރިހާ ސިވިލް ސަރވިސްގެ މުވައްޒަފުން ވެސް ޓާގެޓު/ޓާސްކު އެޅުމަށާއި، ސުޕަރވައިޒަރުން ޓާގެޓު/ޓާސްކު ޗެކްކޮށް އެޕްރޫވްކުރުމާއެކު، ކަނޑައަޅާފައިވާ އުޞޫލުގެ މަތިން ޓާގެޓު/ޓާސްކުތައް އިވެލުއޭޓްކޮށް މާކުސްދެމުން ގެންދިއުން އެދެމެވެ.

"ރޫޓިން" (މުޅި އަހަރުތެރޭގައި ކޮންޓިނުއަސްކޮށް ކުރަންޖެހޭ) ޓާގެޓު/ޓާސްކެއް ނަމަ، އިވެލުއޭޓްކުރާނެ ފްރެކްއެންސީ ކަނޑައެޅުމަށާއި، ކަނޑައަޅާފައިވާ މުއްދަތުތަކުގައި އިވެލުއޭޓްކުރުމަށް ސުޕަރވައިޒަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ. އަދި، މުވައްޒަފުން ވެސް، ކަނޑައަޅާފައިވާ މުއްދަތުތަކުގައި ޓާގެޓު/ޓާސްކު ސުޕަރވައިޒަރު އިވެލުއޭޓްކުރޭތޯ ޗެކްކޮށް، އިވެލުއޭޓުނުކުރާ ނަމަ، ސުޕަރވައިޒަރުގެ ސަމާލުކަމަށް އެ ކަން ގެނައުމަށް ދަންނަވަމެވެ. ހަމައެފަދައިން، "ޓައިމްބައުންޑް" (މުއްދަތު/ވަގުތު ކަނޑައަޅާފައިވާ) ޓާގެޓު/ޓާސްކުތަކަށް، އެ ޓާގެޓު/ޓާސްކެއް ނިމުމުން ނުވަތަ ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން އިވެލުއޭޓްކޮށް މާކުސްދެމުން ގެންދިއުން ވެސް އެދެމެވެ.

ހަމައެއާއެކު، "މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކާއި ކޮމްޕީޓެންސީތައް" މަހުގެ ތެރޭގައި އިވެލުއޭޓްކޮށް، ކޮންމެ މަހެއް ނިމުމުން މާކުސް ދިނުމަށް ސުޕަރވައިޒަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ދަންނަވަމެވެ. އަދި، މުވައްޒަފުން ވެސް، ކޮންމެ މަހެއް ނިމުމުން "ކޮމްޕީޓެންސީތައް" ސުޕަރވައިޒަރު އިވެލުއޭޓްކުރޭތޯ ޗެކްކޮށް، އިވެލުއޭޓްނުކުރާ ނަމަ، ސުޕަރވައިޒަރުގެ ސަމާލުކަމަށް އެ ކަން ގެނައުމަށް ދަންނަވަމެވެ.

"އީ-ޕަރފޯމަންސް މެނޭޖްމަންޓް" މޮޑިއުލް ޢާންމުކުރެވިގެން މި ދިޔައީ، 2022 ވަނަ އަހަރުގެ 3 މަސް ފާއިތުވި ފަހުން ކަމުގައިވާތީ، 1 ޖަނަވަރީ 2022 އިން ފެށިގެން 31 މާރިޗު 2022 ގެ ނިޔަލަށް، މުވައްޒަފުން ފުރިހަމަކޮށްފައިވާ ޓާގެޓު/ޓާސްކުތައް ސިސްޓަމަށް އަޅައި، 1 މޭ 2022 ގެ ކުރިން އިވެލުއޭޓްކޮށް ނިންމުމަށް ހުރިހާ ސުޕަރވައިޒަރުންނަށް ދަންނަވަމެވެ. އަދި، ފާއިތުވި 3 މަސްދުވަހުގެ "މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކާއި ކޮމްޕީޓެންސީތައް" މި ބައިގެ އިވެލުއޭޝަން ވެސް، ކޮންމެ މަހެއް ވަކިން ސިސްޓަމަށް އަޅައި، 1 މޭ 2022 ގެ ކުރިން ނިންމުމަށް ހުރިހާ ސުޕަރވައިޒަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ދަންނަވަމެވެ.

އީ-ޕަރފޯމަންސް މެނޭޖްމަން މެނސައިކިން އިވެލުޓް މޮޑިއުލްއަކީ، އޭޓްކޮށސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ވެސް ބޭނުންކުރަންޖެހޭ މޮޑިއުލްއަކަށްވާތީ، މި މޮޑިއުލް މެދުވެރިކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްކުރުމަށް ހުރިހާ މުވައްޒަފުން ވެސް އަހުލުވެރިވުން ވަރަށް މުހިންމެވެ. ވުމާއެކު، ހުރިހާ މުވައްޒަފުން ވެސް އީ-ފާސް ކްރިއޭޓްކުރުމަށާއި، "ސީއެސްވިއުގަ" އޮންލައިން ޕޯޓަލްއިން "މައިއެކައުންޓް" މެދުވެރިކޮށް މަސައްކަތްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީނު ލިބިގަތުމަށް ދަންނަވަމެވެ. ޔޫޒަރ މެނުއަލް ބޭނުންކޮށްގެން މި މަސައްކަތުގެ މަޢުލޫމާތު ބޭނުންވާ މުވައްޒަފުންނަށް، "އީ-ޕަރފޯމަންސް މެނޭޖްމަންޓް ޔޫޒަރ މެނުއަލް" މި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ.

03 އޭޕްރިލް 2022
ހޯދާ