މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިޔުމަށް

                                        

      ނަންބަރު:- 77(IUL)471-CDS1/471/2022/

ޢާއްމު އިޢުލާން

                                    

 މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ހުރި ބައު ދަގަނޑު، ލަކުޑި، ބިއްލޫރި، ނެވިލޯން، ކާޕެޓް، ބައު އެލްމިނިއަމް ފަތި، ދޮރު ފްރޭމް ދޮރުފަތާއިއެކު، ބޭނުން ކޮށްފަހުރި ބޮކި، ޑަބަލް ސޮކެޓް އަދި ސިންގަލް ސްވިޗް (މައުންޓިންގ ބޮކްސްއާއިއެކު) ނީލަމްގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

  1. ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ހުރަވީ ބިލްޑިންގ ގައި
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 12 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 9995218

 މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

 

03 އޭޕްރިލް 2022
ހޯދާ