ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން

c

 

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

ދިވެހިރާއްޖެ.   

                                          ނަމްބަރ:  (IUL)377/377/2022/9

                           

އިޢުލާން

 

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިބެހޭ.

 

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް މިއިދާރާއަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1443 (03 އޭޕްރީލް 2022 ) އިން ފެށިގެން 27 ރަމަޟާން 1443 (28 އޭޕްރީލް 2022 ) ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:30 ން މެންދުރު 12:30 އަށް ނަޤުދު ފައިސާއިންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަނޑަ އަޅުއްވާފައިވާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރަށުގެ ނަމުގައި ޒަކާތް ދެއްކޭނެ ވާހަކަވެސް މައުލޫމާތައްޓަކާ ދެންނެވީމެވެ.  

 ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާއްމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުންނެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.

 

ބާވަތް

ރޭޓް  (މީހަކަށް ދައްކަންޖެހޭވަރު )

އާދައިގެ ހަނޑޫ

-/12 (ބާރަ ރުފިޔާ )

ތައިލެންޑް ހުދު ހަނޑޫ

-/77 (ހަތްދިހަ ހަތް ރުފިޔާ )

ރަތް ހަނޑޫ

-/72 (ހަތްދިހަ ދެ ރުފިޔާ )

ބާސްމަތީ ހަނޑޫ (އާދައިގެ)

-/77 (ހަތްދިހަ ހަތް ރުފިޔާ )

ބާސްމަތީ ހަނޑޫ (މޮޅު)

-/90 (ނުވަދިހަ ރުފިޔާ )

ބާސްމަތީ ހަނޑޫ (އެންމެ މޮޅު )

-/132 (ސަތޭކަ ތިރީސް ދެ ރުފިޔާ )

އާދައިގެ ފުށް

-/12 (ބާރަ ރުފިޔާ )

އާޓާ ފުށް

-/75 (ހަތްފިހަ ފަސް ރުފިޔާ )

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޭޕްރިލް 2022
ހޯދާ