ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ނީލަން ކިޔުމާއިބެހޭ

މިރަށު މަސްޖިދުލްޢަމަލް މިސްކިތާއި ފިރިހެނުންގެ ކުޑަމިސްކިތުން ނަގާފައިހުރި ތަކެއްޗާއި ސާރާޒުގެއާއި ދިމާއަތިމަތިން ނަގާފައިވާ 01 ރުކާއި މެޖިސްޓްރޭޓްކޯޓް ޢިމާރާތް ކުރާބިމުން ނަގާފައިވާ 02 ރުކުގެ ނީލަންކިޔުން 07 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ދެކުނުފަރާތު ގޯތިތެރޭގައާއި އެރުއްރުއް ހުރިތަންތަނުގައި އޮންނާނެއެވެ. ވީމާ، ވާހާގިނަ ފަރާތްތަކަކުން މިނީލަމުގައި ބައިވެރިވެ ދެއްވުމަކީ މިކައުންސިލް އިދާރާގެ ވަރަށްބޮޑު އެދުމެކެވެ ތަކެތި ނީލަމުން ނަންގަވާ ފަރާތްތަކުން ވަގުތުންފައިސާ ދައްކަވަންޖެހޭނެއެވެ. އަދި، ނީލަމުންނަންގަވާ ތަކެތީގެ ފައިސާ ކައުންސިލްއިދާރާއަށް ދެއްކެވުމަށް ފަހު ނީލަމުންނެންގެވި ތަކެތި 03 ދުވަހުގެތެރޭ ތަނުންނެރެ ބިންސާފު ކުރައްވަންވާނެއެވެ. އަދި، މިމުއްދަތުގެ ތެރޭގައި ނުގެންދަވާހުރި ރުއްރުކާއި ތަކެތި ނައްތާލެވޭނެއެވެ. މިސްކިތްތަކުން ނަގާފައިވާތަކެއްޗާއި އެހެނިހެން ތަކެތި ތިރީގައި މިދަންނަވަނީއެވެ.

4 ޕްލާސްޓިކު ދޮރާއި އޭގެ ދޮރުކަނިތައް

3 ލަކުޑި ދޮރާއި އޭގެ ދޮރުކަނިތައް

9 ސީލިންގފަންކާ

1 އެއާރކޯން

28 ހޮޅިބުރި ތަންމައްޗާއެކު

4 ފާޙާނަތަށި ޓޭންކާއިއެކު

1 ލަކުޑި ދޮރުފަތް

7 މަގުބައްތި

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.                          

28 ޝަޢުބާން  1443         

            31 މާރިޗް    2022

31 މާރިޗު 2022
ހޯދާ