ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ (ލައިބްރަރީ ސައެންސަސް) - ފެކަލްޓީ އޮފް އާރޓްސް

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

1

ދާއިރާ

ލައިބްރަރީ ސައެންސަސް

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އާރޓްސް (ކ.މާލެ)

ގްރޭޑް:

8

ސްޕައިން ޕޮއިންޓް:

46

މުސާރަ:

މަހަކު 15,246.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 6,534.00 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އެމް.އެން.ކިއު.އެފް ލެވެލް 10 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

ސީނިއަރ ލެކްޗަރަރގެ (ސްޕައިން ޕޮއިންޓް 46) މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ލެކްޗަރަރ (ސްޕައިން ޕޮއިންޓް 40)ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

ދާއިރާ

ލައިބްރަރީ ސައެންސަސް

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އާރޓްސް (ކ.މާލެ)

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5437.50 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފް މިންގަނޑުން 480 ކްރެޑިޓްސް) ހާސިލްކޮށްފައިވުން.

ސީނިއަރ ލެކްޗަރަރ އަދި ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރ (ސްޕައިން ޕޮއިންޓް 37)ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސޯސިއޭޓް ލެކްޗަރަރ

ބޭނުންވާ އަދަދު:

1

ދާއިރާ

ލައިބްރަރީ ސައެންސަސް

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އާރޓްސް (ކ.މާލެ)

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

37

މުސާރަ:

މަހަކު 11,374.40 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4,874.74 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ސަނަދެއް ގުޅޭ ދާއިރާއިން ޙާސިލު ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކިޔަވަދޭ ފިލާވަޅުތައް ފެކަލްޓީއިން ހަމަޖައްސަވާފައިވާ ފޯމެޓަށް ތައްޔާރުކުރުން.
  2. ކިޔަވައިދޭ މާއްދާއާ ގުޅޭ ގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބު ދާރީވުން.
  3. ކޯސްތަކާއި މާއްދާތައް ކޯޑިނޭޓްކުރުން.
  4. އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުގައްރަރުތައް އިޞްލާޙު ކުރުން.
  5. ސެމިސްޓާރ ފެށުމުގެ ކުރިން މާއްދާގެ އައުޓްލައިން އާއި މެރީޓިއަލްތައް މޫޑަލްއަށްލައި މާއްދާގެ ޕޭޖުތައް ތައްޔާރުކުރުން.
  6. ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކުރުން.
  7. މާއްދާތަކުގެ އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ޑިޕާރޓްމަންޓްގެ އިސްވެރިޔާއާ ހަވާލުކުރުން.
  8. އިމްތިޙާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި މާކުކޮށް މާކުސް ޝީޓުތައް  ޑިޕާރޓްމަންޓްގެ އިސްވެރިޔާއަށް ފޮނުވައި މާކުސްތައް ސެލްފް ސާރވިސްއަށް އަޅައި ގްރޭޑް ޕޭޖު ތައްޔާރުކުރުން.
  9. ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި އަދި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވާ ހިންގުން.
  10. މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ޙަވާލުކުރެވިއްޖެނަމަ އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވާ ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެ ގޮތް ހަމަޖެއްސުން.
  11. ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި މާއްދާތަކުގެ ޕެނަލްތައް ފަދަ އެކިއެކި ބައްދަލުވުންތަކާއި އެފަދަ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
  12. ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްކުރުން.
  13. ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުން.
  14. އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.
  15. މިނޫނަސް މަޤާމާއި ގުޅޭގޮތުން ފެކަލްޓީ އިން ޙަވާލުކުރާ ކަންތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

10 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2022-122 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
03 އޭޕްރިލް 2022
ހޯދާ