މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ޑިރެކްޓަރުންގެ ބޯޑުގައި ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު މި އިޢުލާނާއެކު ޢާންމުކޮށް ހުޅުވާލަމެވެ.

 

ކުންފުނީގެ ހިންގާ ޤަވާއިދުގެ 61 ވަނަ މާއްދާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތް ބަޔާންކޮށްފައިވެއެވެ. އަދި ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް މައި ޙިއްޞާދާރުގެ ހައިޞިއްޔަތުން ސަރުކާރުގެ ފަރާތުން 05 (ފަހެއް) ޑިރެކްޓަރުން އައްޔަނުކުރަންޖެހެއެވެ. އަދި ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 (ދޭއް) ޑިރެކްޓަރުން އިންތިޚާބުކުރަންޖެހެއެވެ.

 

ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ މިކުންފުނީގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ، އަދި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.

-ކުންފުނީގެ ޙިއްޞާދާރެއްކަމުގައިވުން.

-އުމުރުން 30 އަހަރުވެފައިވުން.

-ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި، ބޯޑު ކޮމިޓީތަކުގެ ބައްދަލުވުންތަކާއި، ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.

-ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި، ކޯޓު ޙުކުމަކާ އެއްގޮތަށް އަދާކުރަމުންނުދާ، ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ނުވުން.

-ޖިންސީ ފުރައްސާރަ، ގެވެށި އަނިޔާ ނުވަތަ ކުޑަކުދިންގެ ހައްޤުތަކާބެހޭ މައްސަލައެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.

-ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ މާއްދާތަކުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތެއްކަމުގައިވުން.

-ކުންފުނީގެ ހިންގާ ޤަވާއިދުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަމުގައިވުން.

-ކުންފުނީގެ ހިންގާ ޤަވާއިދުގެ 64 ވަނަ މާއްދާގައިވާ ގޮތުން، ކުންފުނީގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއްކަމުގައި ނުވުން.

-ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 (ދޭއް) ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތެއް ކަމުގައި ނުވުން.

-ޕަބްލިކް ނުވަތަ ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވުން ނުވަތަ ޕަބްލިކް/ސަރުކާރު/ޕްރައިވެޓް ކުންފުންޏެއްގެ މެނޭޖްމަންޓް ލެވެލްގައި ނުވަތަ އެއަށްވުރެމަތީ ފެންވަރުގެ މަގާމެއްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

-ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 5 (ފަހެއް) އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10  (ދިހައެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

-ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ، ކުންފުނީގެ 'ކޮމްޕެޓިޓަރ' އެއް ނުވަތަ 'ރެގިއުލޭޓަރ' އެއް ކަމުގައި ނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑުގެ ޑިރެކްޓަރުކަން ނުވަތަ މުވައްޒަފެއްގެ ގޮތުގައި ވޭތުވެދިޔަ 01 (އެކެއް) އަހަރު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.

 

އަދި މަޤާމަށް ހޮވުމުގައި ކޯރޕަރޭޓް ގަވަރނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ލީގަލް އަދި ފައިނޭންސް ދާއިރާއިން މަތީ ތަޢުލީމާއި ތަޖްރިބާ ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ. އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ މަޤާމަށް، އަންހެން ބޭކަނބަލުން ކުރިމަތިލެއްވުމަކީ މިކުންފުނިން ބާރުއަޅާކަމެއްކަމުގައި ދެންނެވީއެވެ. 

 ވީމާ، އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބު ކުރާ 02 (ދޭއް) ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ، މިދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، އަދި "ކުށުގެ ރެކޯޑު ބަލާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 06 އޭޕްރީލް 2022 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން[email protected]  އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 1650 އަށް ގުޅުއްވުން އެދެމެވެ.

 ކުންފުނީގެ "ހިންގާ ޤަވާއިދު"، "ބޯޑް ކެންޑިޑެސީ ޕޮލިސީ"، "އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، އަދި "ކުށުގެ ރެކޯޑު ބަލާ ފޯމު"، މިކުންފުނީގެ ވެބްސައިޓް mtcc.mv އިން ލިބިލައްވާނެއެވެ. ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފޯމް ހުށަހަޅުއްވާ ފަރާތްތައް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީން އިވެލުއޭޓް ކުރައްވާނެއެވެ. މިގޮތުން ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މަޢުލޫމާތު އަހަރީ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރާނެއެވެ. މިމަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2022 ވަނަ އަހަރު ބާއްވާ، 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޙިއްޞާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

31 މާރިޗު 2022
ހޯދާ