ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިގުޅޭ

 

             މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2 ރަމަޟާން 1443  ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން1443 ވަނަ ދުވަހުގެ  ނިޔަލަށްށެވެ.  ފިޠުރު ޒަކާތް ބަލައިގަންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9.30 ން 12.30 ހާއި ދެމެދު މި ކައުންސިލް އިދާރާއިންނެވެ. ރަމަޟާން މަހުގެ 28 ވަނަ ދުވަހަކީ ހުކުރު ދުވަސް ކަމުގައި ވުމުން، އެދުވަހުވެސް ޒަކާތް ބަލައި ގަތުން ހަމަޖެހިފައިވެއެވެ.  މި ދުވަހު ޒަކާތް ބަލައިގަތުމުގެ ގަޑިއަކީ ހެނދުނު 9.30 ން 11.00 އަށްށެވެ.

 

          ޒަކާތް ދައްކަވަން ދުރުވާއިރު ދައްކަވަން ޖެހޭ ޢަދަދަށް ފައިސާ މާރު ކުރައްވައިގެން ދުރުވުން އެދެމެވެ. ފިޠުރު ޒަކާތަށް ދައްކަވަންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން  ( ގޮވާމުން) 2.4 ކިލޯގެ މިންވަރުގެ އެއަދަދަށްވާ  ނަގުދު ފައިސާއެވެ.

 

1443 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

 

 އާދައިގެ ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ:  -/12 ރުފިޔާ

 

ރަތްހަނޑުލުންނަމަ މީހަކަށް ދައްކަވާނީ :  -/72    ރުފިޔާ

 

ތައިލެންޑް ހުދުހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : -/77 ރުފިޔާ

 

`

 

 

 

 

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ

ބާރަށް، ދިވެހިރާއްޖެ.

 

 

ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ:  -/77 ރުފިޔާ

 

ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : -/90 ރުފިޔާ

 

ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : -/132 ރުފިޔާ

 

އާޓާ ފުށުންނަމަ މީހަކަށް ދައްކަވާނީ:  -/75 ރުފިޔާ

 

އާދައިގެ ފުށުންނަމަ މީހަކަށް ދައްކަވާނީ:  -/12 ރުފިޔާ

 

 

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

 

                28 ޝައުބާން 1443

                  31 މާރިޗު   2022

31 މާރިޗު 2022
ހޯދާ