މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭ އިންޑަސްޓްރިއަލް ވިލެޖުން ތެޔޮ ބައުސަރުތަކަށް ޚާއްސަކޮށްފައިވާ ޕާކިންގ ލޮޓްތަކާއިބެހޭ

މި އިޢުލާނާއެކުވާ ޗާޓުގައި ފާހަގަކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހިމެނޭ ޕާކިންގ ސަރަޙައްދަކީ ތެޔޮ ބައުސަރުތަކަށް ޚާއްސަކުރެވިފައިވާ ޕާކިންގ ސަރަޙައްދެވެ. ވީމާ، މިދެންނެވުނު މިޕާކިންގ ސަރަޙައްދުގައި އާންމު ފަރާތްތަކުގެ ވެހިކަލް ޕާކުނުކުރެއްވުމަށް ދަންނަވަމެވެ. އަދި އާއްމު ފަރާތްތަކުން އެ ސަރަޙައްދުގައި ވެހިކަލް ބަހައްޓަވާފައިވާނަމަ މިއަދުން ފެށިގެން 3 (ތިނެއް) ދުވަސް ތެރޭ މި ވެހިކަލްތައް ނެންގެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން މިގޮތަށް ބަހައްޓާފައިހުރި އާއްމު ފަރާތްތަކުގެ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މި މިނިސްޓްރީން ކުރިއަށް ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

________________

31   މާރިޗު  2022

31 މާރިޗު 2022
ހޯދާ