މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި އައު ކޮށްދިނުން ވަގުތީ ގޮތުން ހުއްޓައިލުމާއި ގުޅޭ

އިޢުލާން

އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި އައު ކޮށްދިނުން ވަގުތީ ގޮތުން ހުއްޓައިލުމާއި ގުޅޭ

 

މި މިނިސްޓްރީގެ ނަންބަރ (IUL) 101-ER/1/2022/47 އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

އެމްޕްލޯއިމަންޓް އެޖެންސީއާބެހޭ އައު ގަވާއިދު ނެރުމުގެ މަސައްކަތް މި މިންސްޓްރީއިން ކުރަމުން ދާތީ، މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ދޫކުރަމުން ދިޔަ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ދޫކުރުމާއި އައު ކޮށްދިނުން މި އަހަރުގެ 15 އޭޕްރިލް 2022 ނިޔަލަށް ވަގުތީ ގޮތުން މެދު ކަނޑާލެވިފައިވާ ވާހަކަ ދެންނެވީމެވެ.                                                      

މި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައި ވީނަމަވެސް، މުއްދަތު ހަމަވާ އެޖެންސީތަކުގެ ހުއްދައިގެ މުއްދަތު މި އަހަރުގެ 15 އޭޕްރިލް 2022 ނިޔަލަށް އިތުރު ކޮށްދޭނެކަމުގައި ދެންނެވީމެވެ. 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.                                                                        

 

31 މާރިޗު 2022
ހޯދާ