ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާބެހޭ

އިޢުލާން

 

1443 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާބެހޭ

 

            މިއަހަރުގެ ފިޠުރުޒާކާތް ބަލައިގަތުން 02 ރަމަޟާން 1443 ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1443 ވަނަ ދުވަހުގެ ނިޔަލަށް މިކައުންސިލުން ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ނަގުދު ފައިސާއިންނެވެ. ފިޠުރު ޒަކާތް ދައްކަަވަން ވަޑައިގަންނަވާ އިރު ދައްކަވަން ބޭނުންފުޅުވާ ޢަދަދަށް ފައިސާ ގެންނެވުމަށްވެސް ދަންނަވަމެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. މިއަހަރުގެ ފިޠުރު ޒަކާތް ބަަލައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހަމަޖައްސަވާފައިވާ އަގުތައް ތިރީގައި މިދަންނަވަނީއެވެ.

 

1443 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލް

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

77 ރުފިޔާ

3

ރަތް ހަނޑޫ

72 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

90 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

132 ރުފިޔާ

7

އާދައިގެ ފުށް

12 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޝަޢުބާން 1443

              31 މާރިޗު 2022

 

    ފާޠިމަތު ފަޠާނާ

 ކައުންސިލްގެ ނާއިބުރައީސާ

31 މާރިޗު 2022
ހޯދާ