ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ އަތޮޅުގެ 12 ޞިއްޙީމަރުކަޒަށް ބޭނުންވާ ގޮނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓްގެ ނަން: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ އަތޮޅުގެ 12 ޞިއްޙީމަރުކަޒަށް ބޭނުންވާ ގޮނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ. އަތޮޅުގެ 12 ސިއްހީމަރުކަޒަށް ބޭނުންވާ ގޮނޑި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުން ވެއްޖެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ދޭ ފަރާތަކީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ހުއްދަ ލިބިފައިވާ، ދާއިމީ ގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައި ވުމާއި، ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 14 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  4. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ.
  5. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

18 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި

31 މާރިޗު 2022
ހޯދާ