ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން

މަޤާމު:

ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން  

މަޤާމުގެ ނަންބަރު:

CSC-J-353175

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC6-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/11390 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3986.50 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް

ސިވިލް ސަރވިސްގެ އިދާރާ ހިންގާ އިމާރާތް ހުޅުވުމާއި ބަންދުކުރުމާއި އިމާރާތުގެ ސާފުތާހިރުކަމާއި މެއިންޓެނަންސް ބެލެހެއްޓުމާއި އެންމެހާ ފަރުނީޗަރާއި ފިކްސްޗަރ ބެލެހެއްޓުން އަދި ކޮމިޝަނުގެ ބޭނުމަށް ހޯދިފައިވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި ކޮމިޝަނަށް އަންނަ ސިޓީ/އީމޭލް/ތަކެތި ބަލައިގަތުމާއި ކޮމިޝަނުން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ/ތަކެތި އެފަރާތްތަކަށް ރައްދުކުރުމުގެ މަސައްކަތްތައްކުރުން ހިމެނެއެވެ.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސެކްޝަނުގެ މެންޑޭޓުގައިވާ އެންމެހައި މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  2. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސެކްޝަނުގެ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ގަވާއިދުން މިތަކެތި ރިވިއުކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަދާހަމަކުރުމާއި އެކަން ކަށަވަރުކޮށް ބެލެހެއްޓުން.
  3. ކޮމިޝަނުގެ މަސައްކަތް ހިންގާ އިމާރާތް ނުވަތަ އިމާރާތްތައް ހުޅުވުމާއި ބަންދުކުރުމަށް ޑިއުޓީ ތާވަލެއް އެކުލަވާލާ، އެއާއި އެއް ގޮތަށް ހުޅުވުމާއި ބަންދުކުރުމުގެ ކަންތައްތައް ޤަވާޢިދުން ބަލަހައްޓައި ކުރިޔަށް ގެންދިޔުމާއި އެކަން ކަށަވަރުކުރުން.
  4. ކޮމިޝަނުން ބޭނުންކުރަމުންދާ އަސާސީ ޚިދުމަތް (ފޯނު، ފެން، ކަރަންޓް އަދި އިންޓަނެޓް ފަދަ ޚިދުމަތްތައް) މެދުނުކެޑި ޚަރަދު ކުޑަވާނޭ ފަދަ ނިޒާމެއްގެ ދަށުން ޤާއިމްކޮށް ބެލެހެއްޓުމާއި އެކަން ކަށަވަރު ކުރުން.
  5. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް ތަރައްޤީކޮށް ބެލެހެއްޓުން.
  6. ކޮމިޝަނަށް އަންނަ ސިޓީ، އީމެއިލް، އަދި ތަކެތި ބަލައިގަތުމާއި، ކޮމިޝަނުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ، އީމެއިލް، އަދި ތަކެތި އެފަރާތްތަކަށް ރައްދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ކަންތައްތައް ކުރިއަށްދޭތޯ ބަލުމާއި އެކަން ކަށަވަރުކުރުން.
  7. ކޮމިޝަނުގެ ބޭނުމަށް ހޯދާފައިވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ މުވައްޒަފުން އެކަންކަން ގަވާއިދުން ކުރޭތޯބެލުމާއި އެކަން ކަށަވަރުކުރުން.
  8. ކޮމިޝަން ހިންގާ އިމާރާތުގެ ސާފު ތާހިރުކަމާއި، މެއިންޓެނަންސް ބެލެހެއްޓުން ހަރުދަނާ ގޮތެއްގެ މަތިން ބެލެހެއްޓުމާއި، އެކަންކަން ފުރިހަމައަށް ކުރެވޭކަން ކަށަވަރުކުރުން.
  9. ކޮމިޝަނުގެ އެންމެހާ ފަރުނީޗަރާއި ފިކްސްޗަރ ހަރުދަނާ ސިސްޓަމެއްގެތެރެއިން ބެލެހެއްޓުމާއި އެކަން ކަށަވަރުކުރުން.
  10. ކޮމިޝަނާއި، ކޮމިޝަނުގެ އިދާރާ ހިންގާ އިމާރާތާއި، ފާހަނާތައް ސާފުކުރުވުމާއި، ގުދަން ބެލެހެއްޓުމާއި، އެތަންތަން މަރާމާތު ކުރުމާއި، އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމާ އެކަންކަން ފުރިހަމައަށް ކުރެވޭކަން ކަށަވަރުކުރުން.
  11. ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ޖަގަހަތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މުވައްޒަފުންނަށް ބޭނުންވާ އިދާރީ ކަންކަން ހަމަޖައްސައިދިނުމާއި އެކަން ކަށަވަރު ކުރުން.
  12. ކޮމިޝަނު ރައީސްގެ ކާރު އަދި ކޮމިޝަނުގެ ކާރުގެ އަހަރީ ފީދެއްކުމާއި، ކާރަށް ބޭނުންވާކަންކަން ފުރިހަމަ ކުރުމާއި ކާރު ބޭނުންކުރާނޭގޮތުގެ އުސޫލު އެކުލަވާލައި އެ އުސޫލާއެއްގޮތަށް އިންތިޒާމްތައް ހަމަޖެއްސުމާއި އެކަން ކުރެވޭކަން ކަށަވަރުކުރުން.
  13. ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާ، ހަފްލާ ތަކުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަން ކުރެވޭކަން ކަށަވަރުކުރުން.
  14. ކޮމިޝަނުގެ އިދާރާގައި ގައުމީ ދިދަ ކޮންމެ ދުވަހަކުނެގުމާއި ތިރިކުރާކަން ކަށަވަރުކުރުން.
  15. ކޮންމެ އަހަރެއް ނިމުމުން، ގާނޫނުގައިވާ ގޮތުގެ މަތިން، ފާއިތުވެ ދިޔަ އަހަރުގެ ކޮމިޝަނުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި، އަހަރީ ރިޕޯޓް ކޮމިޝަނުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށާއި، ފޮނުވަންޖެހޭ އެހެނިހެން އިދާރާތަކަށް ފޮނުވުމާއި، ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރުން.
  16. ކޮމިޝަނަށް އަންނަ އާންމު ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، އެކިކަންކަމާއި ގުޅިގެން އަންނަ ފޯނުކޯލުތައް އެކަމަކާ ގުޅޭ ސެކްޝަނަކަށް ނުވަތަ ފަރާތަކަށް ރައްދުކޮށްދިނުމާ އެކަން ކަށަވަރުކުރުން.
  17. ކޮމިޝަނުގެ ހޮޓްލައިންއަށް އަންނަ ފޯނު ފޯނުކޯލުތަކަށް ޖަވާބުދިނުން.
  18. ކޮމިޝަނުގެ މެމްބަރުންނާއި ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ރަސްމީގޮތުން ކުރަންޖެހޭ ދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަން ކަށަވަރު ކުރުން.
  19. ކޮމިޝަނުގެ އިދާރީ މަސައްކަތްތަކުގެ ރެކޯޑު، ރައްކާތެރިކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، އަދި ފައިލް ކުރެވި ރައްކާކުރެވޭ ލިޔުންތައް ފަސޭހައިން ހޯދޭނެ ފައިލިންގ ސިސްޓަމެއް ޤާއިމްކުރުމާ އެކަންތައްތައް ކުރެވޭކަން ކަށަވަރުކުރުން.
  20. ކޮމިޝަނަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހިނގަމުންދަނީ ރަނގަޅަށްތޯބަލައި ކަށަވަރުކުރުން.
  21. ކޮމިޝަނުގެ މީޓިންގ ތަކަށް މީޓިންގ ރޫމްތައް ތައްޔާރުކުރުމާއި، ކޮފީ، ސައި ތައްޔާރުކުރުމާއި، ނިމުމުން ސާފުކުރުން.
  22. އެނުއަލް ވަރކްޕްލޭން ތައްޔާރުކުރުން އަދި އެއާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގައި ޓައިމްލައިން ކަނޑައަޅާ އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން.
  23. އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާ ގޮތުގެމަތިން ސެކްޝަނުގެ ބަޖެޓް ތައްޔާރުކޮށް، މަސައްކަތްތައް ކުރިޔަށް ގެންދިޔުން.
  24. ސެކްޝަނުގެ އިސްވެރިޔާގެ ހައިސިއްޔަތުން ބައިވެރިވާން ޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވާއިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން.
  25. ސެކްޝަނުގެ ކުރިޔަށްގެންދާ މަސައްކަތްތައް ގަވައިދުން މޮނިޓަރކޮށް، ރިވިއުކޮށް، ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
  26. ސެކްޝަނުން ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރަމުންދާ މިންވަރުގެ މައްޗަށް ކުއާރޓަރލީ ރިޕޯޓެއް އެކުލަވާލާ ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރުން.
  27. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ސެކްޝަނުގެ މުވައްޒަފުންގެ ޕަރފޯމަންސް ޓާގެޓްތައް ކަނޑައެޅުން.
  28. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ސެކްޝަނުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިސަލް ފުރިހަމަކުރުން.
  29. ސެކްޝަނަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު މަހުން މަހަށް ތައްޔާރުކޮށް ކޮންމެ މަހެއް ނިމުމުން ހިއުމަން ރިސޯސް ޔުނިޓާ ހިއްސާކުރުން.
  30. ސެކްޝަނުގެ މުވައްޒަފުންގެ އަހަރީ ޗުއްޓީ އަދި "ޕްލޭންޑް" އާއިލީ ޒިންމާގެ ޗުއްޓީ، މުވައްޒަފު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމާއެކު ލަސްނުކޮށް ވެރިފައިކުރުން.
  31. ސެކްޝަނުގެ މުވައްޒަފުންގެ ސަލާމް އަދި އާއިލީ ޒިންމާއާ ގުޅޭ ރެކޯޑު ދުވަހުން ދުވަހަށް ލޮޖްކުރުން.
  32. ސެކްޝަނުގެ މުވައްޒަފުންގެ އޯޓީ ރިކުއެސްޓްތައް ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ވެރިފައިކުރުން.
  33. ސެކްޝަނުގެމުވައްޒަފުންނަށް ދުވަހުން ދުވަހަށް އިރުޝާދު ދިނުމާއި، މުވައްޒަފަކަށް މަގު ދައްކަން ޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލަސްނުކޮށް މުވައްޒަފަށް މަގުދެއްކުން އަދި އެކަން ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް ސެކްޝަނަށް ލިޔުމުން (އީމެއިލް މެދުވެރިކޮށް) އެންގުން.
  34. މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅެއް އަޅަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލަސްނުކޮށް ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ގަވާއިދުގެ ތެރެއިން އިސްލާހީ ފިޔަވަޅު އެޅުމާއި، ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް ސެކްޝަނަށް އިސްލާހީ ފިޔަވަޅުގެ ލިޔުން ލަސްނުކޮށް ފޮނުވުން.
  35. އެސައިން ކުރެވޭ ކޭސްތައް އަދި ޓާސްކްތަކުގެ ޕްރޮގްރެސް ދުވަހުން ދުވަހަށް ވެޔޮ އަދި ސައްލާގައި ރެކޯޑު ކުރަމުންގެންދިޔުން.
  36. ހަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ހާއްސަ ހާލަތްތަކާ ގުޅިގެން ކޮމިޝަނުން އަދި ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން،

ނުވަތަ

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 4 އަހަރުދުވަހު މަސައްކަތްކޮށް،  އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 4 އަހަރުދުވަހު މަސައްކަތްކޮށް، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 8 އަހަރުދުވަހު މަސައްކަތްކޮށް، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން،

ނުވަތަ

CSC5-2 ގްރޭޑްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން އެންމެ ފަހުން މި ގްރޭޑްގައި ވަޒީފާއަދާކުރި 2 އަހަރު %85 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ހޯދާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އެޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށް،  ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ  17އެޕްރީލް 2022 އާ 21 އެޕްރީލް 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307359/3307357 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

31 މާރިޗު 2022
ހޯދާ