މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވް ފޯރ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް މަޝްރޫއަށް ޕްރޮގްރާމް އެނަލިސްޓް (ޕީ.އޭ) އެއް ހޯދުމާބެހޭ

ކެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވް ފޯރ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް މަޝްރޫއަށް ޕްރޮގްރާމް އެނަލިސްޓް (ޕީ.އޭ) އެއް ހޯދުމާބެހޭ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮގްރާމް އެނަލިސްޓް (ޕީ.އޭ)

 

"ކެޕޭސިޓީ ސްރެންތަނިންގ ފޯ އިމްޕްރޫވްޑް ޓްރާންޕެރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވެސް" (ސީ.ބިޓް) އަކީ، މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (UNEP) އާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިގޮތުން ސީ.ބިޓް. ގެ މަސައްކަތްތައް ރާވާ ހިންގުމަށް އެއް (36) މަހަށް ޕްރޮގްރާމް އެނަލިސްޓް އައްޔަންކުރުމަށް ބޭނުންވެއެވެ.

 މި މަޝްރޫޢުގެ ޕީ.އޭ. ގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވެ ދިނުމުގެ  ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

 

ޕްރޮގްރާމް އެނަލިސްޓް މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ)  ކުލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، ރިނިވަބަލް އެނަރޖީ، އެނާރޖީ، އިންޖިނިއަރިންގ، ޕްރޮޖެކްޓް މެނޭޖްމަންޓް، އެކައުންޓިންގ، އިކޮނޮމިކްސް، ފައިނޭންންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެތަމެޓިކްސް، ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން އަންޑަރ ގްރެޖުއޭޓް ޑިގްރީ ޙާސިލް ކޮށްފައިވުން.

(ށ) އިދާރީ ނުވަތަ ޕްރޮގްރާމް މެނޭޖްމަންޓްގެ ދާއިރާއިން ބައިނަލްއަޤްވާމީ ނުވަތަ ޤައުމީ ފެންވަރުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

(ނ) ބޭރުގް ހިލޭ އެހީގައި ހިންގޭ (ޑޯނަރ ފަންޑަޑް) ޕްރޮޖެކްޓްސް ގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

(ރ) މޫސުމަށް އަންނަ ބަދަލުތުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ އަދި ޔޫ.އެން.އެފް.ސީ.ސީ.ސީގެ އެކައުންޓިންގ ސިސްޓަމް އާއި އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޮލޮޖީއަށް ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތުގެ ޖުމްލަ އުޖޫރައަކީ  20,000ދިވެހި ރުފިޔާއެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފަ ހުރި މަސައްކަތްތަކުގެ ރިފެރެންސް ސިޓީ

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 14 އޭޕްރިލް ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ،

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392،

 ދިވެހިރާއްޖެ

ފޯނު ނަންބަރު: 3018490

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018481 ,3018329 އަށް ގުޅުއްވުން އެދެމެވެ.

 

31 މާރޗް 2022

31 މާރިޗު 2022
ހޯދާ