މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަރކް ޕަރމިޓް ސްޕެޝަލް އެކްސްޓެންޝަން އާ ގުޅޭ

ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންނަށް، ރާއްޖެ އެތެރެވުމަށް ދޫކުރާ ހުއްދަ (ވަރކް ޕަރމިޓް އެންޓްރީ ޕާސް) ގެ ދަށުން 90 ދުވަހުގެ ތެރޭގައި ރާއްޖެ އެތެރުވުމަށް ކުރިމަތިވި ދަތިތަކާއި ގުޅިގެން، މި މިނިސްޓްރީން ދަނީ "ސްޕެޝަލް އެކްސްޓެންޝަން" ދޫކުރަމުންނެވެ.

ނަމަވެސް، ކޮވިޑް-19 އާގުޅިގެން އިޢުލާންކޮށްފައިވާ ކުއްލިނުރައްކަލުގެ ޙާލަތު އުވާލެވި، އަދި ޤައުމުގެ ތަކުގެ ބޯރޑަރުތައް ހުޅުވިފައިވާތީ، މި މިނިސްޓްރީން ދެމުން ގެންދާ ވަރކް ޕަރމިޓް "ސްޕެޝަލް އެކްސްޓެންޝަން" ގެ ޙިދުމަތް 2022 މާރިޗު 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓާލެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ. 

30 މާރިޗު 2022
ހޯދާ