މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
02 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށްހިފުން

ކ.މާފުށިން 02 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވޭ.

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

 މިމަރުކަޒުން 2022 މާރިޗު 09 ނަވަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު (IUL) H-12SM/2022/03 އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން  އިޢުލާން ކުރަމެވެ.

މާފުށީ ޞިއްޙިމަރުކަޒުގައި މަސައްކަތް ކުރައްވާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށްޓަކާ 02 ކޮޓަރީގެ އެޕާރޓްމެންޓެއް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި މަރުކަޒުގެ އީ-މެއިލް [email protected] އަށް މެއިލްކުރުން އެދެމެވެ. ނުވަތަ މި މަރުކަޒުގެ އޮފީހަށް ފޯމް ހުށަހެޅުން އެދެމެވެ.

ބީލަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 2022 އޭޕްރީލް 07 ވަނަ ދުވަހުގެ 14:00އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީ ބިޑް ބައްދަލުވުން ނޯންނާނެކަމަށް ދަންނަވަމެވެ.

ބީލަން ހުޅުވުން އޮންނާނީ 2022 އޭޕްރީލް 12ވަނަ ދުވަހު 13:30ގައި މި މަރުކަޒުގެ މީޓިން ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                             އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މަރުކަޒުގެ ނަންބަރު 6640410 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

30 މާރިޗު 2022
ހޯދާ