މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށްދިނުން

ފިހާރަ ކުއްޔަށްދިނުން

1. ތިރީގައި މިދަންނަވާ 2 ފިހާރަ، އަކަފޫޓަކަށް އަކަފޫޓަކަށް -/75 (ހަތްދިހަ ފަހެއް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 2 (ދޭއް) އަހަރަށް ކުއްޔަށްދިނުމަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ތަޢުލީމީ ފަންޑު 25 ނަންބަރު ފިހާރަ (އަޙްމަދީ ބާޒާރު  1 ނަންބަރު  ގޯޅި 2 ނަންބަރު ފިހާރަ ތިރީބަޔާއި ފުރަތަމަ ފަންގިފިލާ) – 1275 އަކަފޫޓް
  • ތަޢުލީމީ ފަންޑު 24 ނަންބަރު ފިހާރަ (އަޙްމަދީ ބާޒާރު 1 ނަންބަރު  ގޯޅި 2 ނަންބަރު ފިހާރަ ތިރީބަޔާއި ފުރަތަމަ ފަންގިފިލާ) – 1275 އަކަފޫޓް

2. މި ބައި ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 2022 މާރިޗު 30 ން 2022 އެޕްރީލް 4 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/XWS73BhqTRTutAJk6

3. މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ  2022 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި -/30,000 (ތިރީސްހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ 2 ތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ،  2022 އެޕްރީލް 11 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.

6. ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ

  މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ

  ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.

  ފޯން: 3341193 , 3341194

  އީ-މެއިލް: [email protected]

  ކޮޕީ-މެއިލް [email protected] 

 

 

30 މާރިޗު 2022
ހޯދާ