ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ފޯރުކޮށްދެމުންގެންދާ ބައެއް ޚިދުމަތްތަކުން ފީ ނެގުމާގުޅޭ

ނަންބަރު: (IUL)266-C/266/2022/43

އިޢުލާން

ކައުންސިލުން ފޯރުކޮށްދެމުންގެންދާ ބައެއް ޚިދުމަތްތަކުން ފީ ނެގުމާގުޅޭ

01 އެޕްރީލް 2022 ވަނަ ދުވަހުން ފެށިގެން މިއިދާރާއިން ފޯރުކޮށްދެމުން ގެންދާ ބައެއް ޚިދުމަތްކުން ފީ ނެގުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އަލަށް ފީ ނެގުމަށް ނިންމާފައިވާ ޚިދުމަތްތަކާއި ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ ފައިސާގެ އަދަދުތައް ތިރީގައި އެވަނީއެވެ.

ވީމާ، ކައުންސިލުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަން އަންގައި އިޢުލާން ކުރަމެވެ.

 

ޚިދުމަތް

ނަގާ ފައިސާގެ އަދަދު

1

އުފަންދުވަހުގެ ރަޖިސްޓަރީ އަދި ސެޓްފިކެޓް ހެއްދުން

/-60 ރުފިރާ

2

އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން އަލުން ހެއްދުން

/-250ރުފިޔާ

3

ރަށްވެހިންގެ ރަޖިސްޓަރީ އަލަށް ހެއްދުން

/-50ރުފިޔާ

4

ރަށްވެހިންގެ ރަޖިސްޓަރީއަށް ބަދަލު ގެނައުން

-/20ރުފިޔާ

5

ރަށްވެހިންގެ ރަޖިސްޓަރީ ގެއްލިގެން ހެއްދުން

-/250ރުފިޔާ

6

ނަން ބަދަލުކުރުން 10 އަހަރުން ދަށުގެ

-/250ރުފިޔާ

7

ގޯތި ރަޖިސްޓަރީ ހެދުން

-/50ރުފިޔާ

8

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެދުން

-/100ރުފިޔާ

9

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އާކުރުން

-/50ރުފިޔާ

10

ގޯތި ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުން

-/250ރުފިޔާ

11

އިންފާރާ ގުޅޭ އެކި އެކި ހުއްދަތައް

އެޕްލިކޭޝަން ފީ އެއްގެ ގޮތުން -/20ރުފިޔާ

12

1 ބުރި އަށް ޢިމާރާތްކުރުން

އަކަމީޓަރަކަށް -/2ރުފިޔާ

13

1 ބުރި އަށް ވުރެ އުސްކޮށް ޢިމާރާތް ކުރުމަށް ކުރެހިން ފާސްކުރުން

އަކަމީޓަރަކަށް -/5ރުފިޔާ

14

ކާކުކަން އަންގައިދޭ ފޮޓޯ ޖެހި ވަގުތީ ލިޔުން ހެއްދުން

-/200ރުފިޔާ

15

ރަށުން ބޭރު މީހުން ރަށުގައި ދިރިއުޅޭކަމުގެ ލިޔުން ހެއްދުން

-/150ރުފިޔާ

16

ގަރާޖް އޮތްކަމުގެ ލިޔުން ދޫކުރުން

350/-ރުފިޔާ

17

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ލިޔުން ފޮނުވާ ދިނުން

-/50ރުފިޔާ

 

ފައިސާ ދެއްކެވުމަށް ވަޑައިގަންނަވާއިރު، ހަމައަށް ފައިސާ ހިއްޕަވައިގެން ވަޑައިގެންނެވުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

 

30 މާރިޗު 2022

30 މާރިޗު 2022
ހޯދާ