ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ކޯޓާ ދިނުމުގެ މިންގަނޑު ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާބެހޭ

އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ތެރެއިން މިހާތަނަށް އެކި މަސައްކަތްތަކަށް ކޯޓާ ދޫކުރަނީ އެމަސައްކަތަށް ބޭނުންވާ ލިޔުންތައް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަޕްލޯޑް ކުރެއްވުމުން، އެލިޔެކިޔުންތަކުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސިސްޓަމުން އޮޓޯއިން ޖެނެރޭޓް ވާ އަދަދަށެވެ.

ނަމަވެސް ކޯޓާ ދިނުމުގެ މިންގަނޑު ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް މިދަނީ މިޑިޕާޓްމަންޓުން ގެންނަމުންނެވެ. މިގޮތުން، އޮންލައިން ސިސްޓަމުން ކޯޓާ އެޕްލިކޭޝަން އެޕްރޫވް ކުރުމުގެ ކުރިން، އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކާއި އެލިޔުންތަކުގައިވާ މަޢުލޫމާތު އިތުރަށް ބަލައި ދިރާސާ ކުރުމަށްޓަކައި މިހާރުވާނީ ކޯޓާ އެޕްރޫވްކުރާ ކޮމެޓީއެއް އެކުލަވާލާފައެވެ. އެހެންކަމުން، ކޯޓާ އެޕްރޫވްކުރުމުގެ ކުރިން އިތުރަށް ލިޔެކިޔުންތައް ބަލައި ދިރާސާކުރުމަށްފަހު ކޮމެޓީއަށް ފެންނަ ހާލަތްތަކުގައި އޮންލައިން ސިސްޓަމްގެ ތެރެއިން އޮޓޯއިން ޖެނެރޭޓް ވާ އަދަދަށް އުނިއިތުުރު ގެނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާގޮތަށް ޢަމަލުކުރަމަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޛުލްޤަޢިދާ 1435

01 ސެޕްޓެންބަރު 2014
ހޯދާ