ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 1 ވަނަ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ކުޑަހުވަދޫ ކައުންސިލްގެ 1ވަނަ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2022 އޭޕްރީން 03 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް  ރަޖިސްޓްރީވާ ޓީމުތަކަށެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު، ރަސްމީގަޑީގައި މިއިދާރާގެ ކައުންޓްރުން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ކުރިން މިއިދާރާއިންނެވެ. ފޯމާއެކު ފޯމުގައި ބަޔާންކުރާ ހުރިހާ ލިޔެކިޔުމެއް ހުށައަޅަންވާނެއެވެ.

29 މާރިޗު 2022
ހޯދާ