މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލް އިމާރާތުގައި "ކާރގޯ އޮފީސް" ހިންގަން ޖާގަ ދޫކުރުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލް އިމާރާތުގައި"ކާރގޯ އޮފީސް"ހިންގަން ޖާގަ ދޫކުރުމާއިބެހޭ

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި އަލަށް އިމާރާތްކޮށްފައިވާ ކާރގޯ ޓާރމިނަލް އިމާރާތުގައި، "ކާރގޯ އޮފީސް" ހަދައި ހިންގާނެ ފަރާތްތަކެއް ހޯދައި، އެފަރާތްތަކަށް އެތަންތަން ހިންގުމުގެ ލައިސަންސް ދޭންބޭނުންވެއެވެ. އެގޮތުން މިކުންފުނިން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގަޮތަށް އޮފީސް ހަދައި ހިންގުމަކީ އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ކާމިޔާބުކުރާ ފަރާތްތަކުގެ ޒިންމާއެކެވެ.  

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ތިރީގައި ބަޔާންކުރެވިފައިވާ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެއެވެ.

ހ

އިންޓަރނޭޝަނަލް އެއަރލައިންއެއްގެ ކާރގޯ ސޭލްސް އެޖެންޓްއެއްގެ ގޮތުގައި ސީ.އޭ.އޭގައި ރަޖިސްޓްރީވެފައިވާ ފަރާތެއް

 

Cargo Sales Agents (CSA) of International Airlines registered in the Maldives Civil Aviation Authority (CAA)

ށ

މޯލްޑިވްސް ކަސްޓަމްސްގެ ސާރވިސްގައި ކަސްޓަމްސް ބްރޯކަރ/އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކާރގޯ ބްރޯކަރުން/އެޖެންޓުން

 

Cargo Brokers/Agents licensed as a Customs Broker/Agent in the Maldives Customs Service

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އެޕްރީލް 13 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ. 

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައެވެ. އެގޮތުން، ކުއްޔަށް ހިފަންބޭނުންވާ ކޮންމެ އޮފީސް ޖާގައަކަށް MVR 15,000 (ފަނަރަހާސް ރުފިޔާ)ގެ ބިޑު ސެކިޔުރިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337643/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

29 މާރިޗު 2022
ހޯދާ