މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ވޮލީ މުބާރާތް 2022 ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުން

ޢިޢުލާން

"ކައުންސިލް ވޮލީ މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                ރ.ރަސްމާދޫ ކައުންސިލުން، ރަށުގެ ދެ ޖިންސްގެ ޒުވާނުންނަށްއަމާޒުކޮށްގެން ކުރިޔަށްގެންދާ ވޮލީ މުބާރާތް "ކައުންސިލް ވޮލީ މުބާރާތް 2022" މިއަހަރުގެ މޭ 16 ވާ ހޯމަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.  

              މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް، މިއަދުން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 އެޕްރީލް 03 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:30 ން 12:30 އަށެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހު ތާރީޚްއަކީ 2022 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 މާރިޗު 2022
ހޯދާ