މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލުމުގެ ދަށަގައިވާ ބައެއް ވެހިކަލްތައް މަރާމާތުކުރުން

މި މިނިސްޓްރީގެ ބެލުމުގެ ދަށަގައިވާ ބައެއް ވެހިކަލްތައް މަރާމާތުކުރުން

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބައެއް ވެހިކަލްތައް މަރާމާތުކުރުމަށް ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން:        6 އެޕްރީލް 2022، 11:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން:         12 އެޕްރީލް 2022، 11:00 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޝަޢުބާން 1443

29 މާރިޗު   2022

29 މާރިޗު 2022
ހޯދާ