މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ ކޮމްޕިއުޓަރ، ލެޕްޓޮޕް، ޓީވީ، ވޮއިސްރިކޯޑަރ އަދި ބައެއް ޓޫލްސް ސަޕްލައިކުރުން

މި މިނިސްޓްރީއަށް ބޭނުންވާ ކޮމްޕިއުޓަރ، ލެޕްޓޮޕް، ޓީވީ، ވޮއިސްރިކޯޑަރ އަދި ބައެއް ޓޫލްސް ސަޕްލައިކުރުން

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2022/104 (10 މާރިޗު 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ޓެކްނިކަލް އިވެލުއޭޝަން އިން ފާސްނުވާތީ އެ ބިޑްތައް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި މިނިސްޓްރީއަށް ބޭނުންވާ ކޮމްޕިއުޓަރ، ލެޕްޓޮޕް، ޓީވީ، ވޮއިސްރިކޯޑަރ އަދި ބައެއް ޓޫލްސް ސަޕްލައިކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން:        5 އެޕްރީލް 2022، 11:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން:         11 އެޕްރީލް 2022، 11:00 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޝަޢުބާން 1443

29 މާރިޗު   2022

29 މާރިޗު 2022
ހޯދާ