ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢްލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

ކިނބިދޫ ރޯޒްގާޑަން ގެއާ ކޫލްބްރީޒް ގެއާއި މިދެގޭގެ އުތުރުން، ޣާޒީ މަގުގެ އިރުން، އޮޑިފަންނު މަގުގެ ދެކުނުން، ހަނދުވަރީ ގޯޅީގެ ހުޅަނގުގައި ކިނބިދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ، ބިމުގައި ހުރި 1 ން ފެށިގެން 49 އަށް މަޑުނޫ ކުލައިގެ ދަވާދުން ނަމްބަރު ޖަހާފައިވާ 49 ރުއް ކަނޑަން ބޭނުންވާތީ، މިރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން 10 އޭޕްރިލް 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރީން ތިރީގައިވާ މަޢްލޫމާތުތައް އެނގޭނޭ ފަދަ ސިޓީއެއް މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ވެރިފަތާތް ނާންގާ ހުންނަ ރުއްތަކަކީ ވެރިފަރާތް ނެތް ރުއްތަކެއްގެ ގޮތުގައި ބަލައި ރުއްތައް ކަނޑައި ތަން ސާފުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

  1- ނަމާއި އެޑްރެސް:

  2- ރުކުގައި ޖަހާފައިވާ މަޑުނޫ ކުލައިގެ ނަމްބަރ:

  3- ފައިސާ ޖަމާ ކުރަން ބޭނުންވާ އެކައުންޓް ނަމްބަރާއި އެކައުންޓްގެ ވެރިފަރާތުންގެ ނަން:

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މާރިޗު 2022
ހޯދާ