ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީންނަށް ކާންދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

       މި ޑިޕާޓްމަންޓުގެ ފަރާތުން ހިންގާ ރެއިޑް އޮޕަރޭޝަންތަކާ ގުޅިގެން ގެންނަ ބިދޭސީން އެ މީހެއްގެ ޤައުމަށް ފޮނުވާލެވެންދެން، ހުޅުމާލޭގައި ޤާއިމު ކޮށްފައިވާ " ހުޅުމާލެ ޑިޓެންޝަން ސެންޓަރ" ގައި ތިބޭ ތިބުމުގައި އެ މީހުންނަށް ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:30 އަށް މިޑިޕާޓްމަންޓް (ހ. ވެލާނާގޭގެ 01 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެއްޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

06 ޛުލްޤައިދާ 1435

01 ސެޕްޓެންބަރު 2014
ހޯދާ