މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިލްބަހާރުމަގާއި، ނަރުދަމާ ބިމުގައިވާ ރުއްގަހުގައި ނަމްބަރު ޖެހުމާއިބެހޭ

އިޢުލާން

ދިލްބަހާރުމަގާއި، ނަރުދަމާ ބިމުގައިވާ ރުއްގަހުގައި ނަމްބަރު ޖެހުމާއިބެހޭ

ދިލްބަހާރުމަގާއި (ފްޓްސެލް ދަނޑު ބިމާއި އިރުފަރާތުން އިންވެގެން އޮންނަމަގު) ނަރުދަމާ މެއިން ސްޓޭޝަން އެޅުމަށް ކަނޑައަޅާފައިވާބިން (ދޮންމަނިކު މަގުގެ އުތުރުން) ވީއެންމެ އަވަހަކަށް ސާފު ކުރުމަށް ބޭނުންވެއެވެ. އެގޮތުން ނަމްބަރު ނުޖަހާ / ނަމްބަރު ޖެހިކަމުގައި ވީނަމަވެސް ނަމްބަރު ފުހެވިފައިވާ ގިނަ ޢަދަދެއްގެ ރުއްގަސް ހުރުމާއިއެކު، އެރުއްގަހުގައި ނަމްބަރުޖެހުމަށް ބޭނުން ވެއެވެ.

ވީމާ މަތީގައި ދެންނެވިފައިވާ ފަދައިން ރުއްގަހުގައި 07 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަމްބަރުޖަހައި ނިންމުމަށް އަންގަމެވެ. މިތާރީޚުގެފަހުން ނަމްބަރު ނުޖަހާ ނުވަތަ ނަމްބަރު ކިޔަންނޭނގޭ ވަރަށް ފަނޑުވެފައިވާ ރުއްގަސް އެއީ ރައްޔިތުންގެ މާލިއްޔަތުގެތެރޭގައި ހިމެނޭ މުދާގޮތުގައި ނިންމާ އެރުއްގަހަށް ޢަމަލުކުރުމަށް ހަމަޖައްސާފައިވާ ގޮތުގެ މަތީން ޢަމަލު ކުރަމުން ގެންދާނެކަމުގައި ދަންނަވަމެވެ. ދެންނެވިދިޔަ ސަރަހައްދުގައި ހުރި ރުއްގަހުގައި X ފާހަގައެއް ޖަހާފައި ވާނެއެވެ. މީގެ އިތުރުން ދިލްބަހާރު މަގަކީ ރަށުގެ އުތުރު ކޮޅާއި ހަމަޔަށް ކެނޑުމަށް ހަމަޖެހިފައިވާ މަގަކަށް ވާތީ އެސަރަހައްދުގައިވާ ރުއްގަހުގައި ނަމްބަރު ޖަހަން ޖެހޭކަމުގައިވެސް ދަންނަވަމެވެ. ނަމްބަރު ޖެހުމުގައި ސަރަހައްދާއިމެދު ސުވާލު އުފެދޭ ކަމެއް ވާނަމަ ނަމްބަރ 9909988 ފޯނާއި ގުޅުއްވާ އެހީތެރިކަން ހޯއްދެވުމަށް ދަންނަވަމެވެ. މިގޮތުން ނަމްބަރު ޖަހައި ނިމުމަށްފަހު 10 އޭޕްރިލް 2022 ވަނަ ދުވަހުގެ 10:00 އިން ފެށިގެން 14:00 އާއި ދެމެދު ރުއްގަހުގެ މޮޅު، ދެރަ މިން ކަނޑައެޅުމަށް ރުއްގަހުގެ ވެރިން މިއިދާރާއަށް ދުރުވުމަށްވެސް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

28 މާރިޗު 2022
ހޯދާ