މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
1443 ރަމަޟާން މަހު އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ

އިޢުލާން

 

1443 ރަމަޟާން މަހު އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ

މިމިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތައް، މި ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް، ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.

1-      ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތަށް އެދި ހުށަހަޅާނީ މިމިނިސްޓްރީގެ އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް business.egov.mv މި ލިންކް މެދުވެރިކޮށެވެ.

2-      މިމިނިސްޓްރީއަށް ލިޔެކިޔުމުގެ އަސްލު ހުށަހަޅަންޖެހޭ ޚިދުމަތްތަކަށް އެޕޮއިންޓްމަންޓް އުސޫލުން ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:30 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1500 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.  

28 މާރިޗު 2022
ހޯދާ