މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާން މަހަށް ކައުންސިލާއި ރަށުގައިސިނާއީ މަސައްކަތްކުރާ ބައެއް ތަންތަން ގުޅިގެން ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމާގުޅޭ

އިޢުލާން

1443 ވަނަ އަހަރުގެ ( މިއަހަރުގެ ) ރަމަޟާން މަހަށް މިކައުންސިލާއި މިރަށުގައި މަސައްކަތް ކުރައްވާ ބައެއް ސިނާއީ ތަންތަނާއި ގުޅިގެން، އެފަރާތްތަކުގެ އެހީގައި ރަށްވެހިވެފައިވާ ރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު، ބިސް، ގެރިކިރު އަދި ފުރުޓްކޮކްޓެއިލް ދަޅު ދޭގޮތަށް ވަނީ  ހަމަޖެހިފައެވެ.

ވީމާ، މިތަކެތި ބެހުމަށްޓަކައި އެގެއެއްގައި ދިރިއުޅޭ ރަށްވެހިވެފައިވާ ފަރާތްތަކުގެ ލިސްޓް ފުރިހަމަ ކުރުމަށްފަހު، ކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެ އެވެ. އަދި މިއަދުން ފެށިގެން ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

ފޯމް ހުށަހެޅުމާއި، ތަކެތި ދޫކުރާނެ ތާރީޚާއި ގަޑި ފަހުން އިޢުލާން ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

28 މާރިޗު 2022
ހޯދާ