މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޅ. ކުރެންދޫއަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓެއް ހޯދުން.

ޕޯސްޓަލް އެޖެންޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ބޭނުންވާ ރަށް

  ޅ. ކުރެންދޫ  

އެޖެންޓްގެ މަސައްކަތް

  • ޕޯސްޓުގެ ޚިދުމަތް ދިނުން
  • ޑެލިވަރީގެ ޚިދުމަތް ދިނުން
  • އޭޖެންސީއަށް ލިބޭ މެއިލް ރައްކާތެރިކަމާއެކު މާލެއަށް ފޮނުވުން

އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް

  • ޝައުޤްވެރިކަން ހުރި އަމިއްލަ ފަރާތްތައް ނުވަތަ؛
  • ވިޔަފާރި ކުރާ އަދި ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތްތައް ނުވަތަ؛
  • ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ، ކައުންސިލް ފަދަ  އިދާރާތައް

ހުށަހަޅަންޖެހޭ ލިޔެކިޔުން

  • އަމިއްލަ ފަރާތެއް ނަމަ: އައި.ޑީ ކާރޑް ކޮޕީ އާއި ވަނަވަރު
  • ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން
  • ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައިޑީ.ކާރޑް ކޮޕީ
  • ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ
  • ޚިދުމަތް ދިނުމަށް ކަޑައަޅާ ތަނުގެ ތަފްސީލާ އަދި ފޮޓޯ

 

އުޖޫރަ

  • އުޖޫރައާ އެލަވަންސާ ބެހޭ މަޢުލޫމާތު ކުރިމަތިލާ ފަރާތްތަކާއެކު ހިއްޞާކުރެވޭނެއެވެ. 

ސުންގަޑި:

 

ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 އޭޕްރީލް 2022 ވާ ބުރާސްފަތި  ދުވަހުގެ 14:00ގެ ކުރިން ސިޓީ ނުވަތަ އީމެއިލުން  ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ހ. ޓޫ ސްޓާރ– 4 ވަނަ ފަންގިފިލާއަށް – ނުވަތަ

[email protected] ނުވަތަ  [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

 

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

28 މާރޗް 2022

28 މާރިޗު 2022
ހޯދާ