އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ކައުންޓަރުތަކާއި ކްލިނިކަލް އޭރިއާތަކުގައި ބޭނުންކުރުމަށް ލޭސަރ ޕްރިންޓަރ ލީސިންގ އެގްރީމެންޓެއްގެ ދަށުން ސަޕްލައިކޮށްދީ އެ ޕްރިންޓަރުތަކަށް ބޭނުންވާ ކާޓްރިޖް ފަދަ ތަކެތި 01 އަހަރުގެ މުއްދަތައް ސަޕްލައި ކޮށްދިނުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:   137-IU/PR/2022/14

ޕްރޮޖެކްޓް ނަމްބަރ: 137-PR/2022/G-8

 

ޕްރޮޖެކްޓްގެ ނަން:  އައި.ޖީ.އެމް ހޮސްޕިޓަލުގެ ކައުންޓަރުތަކާއި ކްލިނިކަލް އޭރިއާތަކުގައި ބޭނުންކުރުމަށް ލޭސަރ ޕްރިންޓަރ ލީސިންގ އެގްރީމެންޓެއްގެ ދަށުން ސައިޕްލައިކޮށްދީ އެ ޕްރިންޓަރުތަކަށް ބޭނުންވާ ކާޓްރިޖް ފަދަ ތަކެތި 01 އަހަރުގެ މުއްދަތައް ސަޕްލައި ކޮށްދިނުން

  

މިހޮސްޕިޓަލުގެ ކައުޓަރު ތަކުގައި ބޭނުންކުރުމަށް ލޭސަރ ޕްރިންޓަރ، ލީސިންގ އެގްރީމެންޓެއްގެ ދަށުން ސަޕްލައިކޮށްދިނުމާއެކު، އެ ޕްރިންޓަރތަކަށް ބޭނުންވާ ކާޓްރިޖް ފަދަތަކެތި 01 އަހަރުގެ މުއްދަތަކަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި  މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

 

1-      ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.

2-      މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި “Doc 01”ގައި ބަޔާންކޮށްފައިވާނެއެވެ. އަދި މިޑޮކިއުމަންޓްސް 29 މާރިޗު 2022 ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3-      މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 29 މާރިޗު 2022 ގެ 14:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.

4-      މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 5 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.

5-      ބީލަން ހުޅުވުން އޮންނާނީ 10 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.

6-      އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

       ކޮޕީ: [email protected]

24  ޝަޢުބާން 1443

27 މާރިޗު 2022

27 މާރިޗު 2022
ހޯދާ