މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ހިއުމަންރިސޯސް ކޮންޓްރެކްޓް އެމްޕްލޯއީ

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު

ހިއުމަންރިސޯސް ކޮންޓްރެކްޓް އެމްޕްލޯއީ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ތައްޔާރުކޮށްފައިވާ ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯރކްގެ މަސައްކަތް ކުރުމަށާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ މަސައްކަތް ކުރުމަށާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުން މުވައްޒަފުންނާއި ގުޅޭގޮތުން ހުށަހަޅާ އެކި ކަންތައްތަކާއި ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް އަށް ލަފާއެރުވުމަށް ހިއުމަން ރިސޯސް ކޮންސަލްޓަންޓެއް އައްޔަންކުރުމަށް ބޭނުންވެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓްގައިވާ ލިންކް: http://www.finance.gov.mv/ministry/careers/job-opportunities ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ)އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

24 މާރިޗު 2022
ހޯދާ