މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1. ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. 1.       ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
  2. މިކައުންސިލަށް 2 (ދޭއް) ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ޕިކަޕް ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2022 އޭޕްރިލް 06 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާގަޑީގައެވެ.

 

2.       ބޭނުންވާ އުޅަނދުގެ މަޢުލޫމާތު

1 (އެކެއް) ޕިކަޕު

ޓަނޭޖް: 2

ބްރޭޑް: ޓޮޔޮޓާ، ނިސާން، އިސުޒު، މިޓްސުބުސީ، މަޒްޑާ، ހިނޯ.

އުފެއްދި ތާރީޚް: 2015 ނުވަތަ 2015 އަށްވުރެ ފަސް

ޕަވަރގޭޓް

ކުލަ: ހުދު

އިންޖިން ކެޕޭސިޓީ: 3660 ސީސީ ނުވަތަ އެއަށްވުރެ މަތި

ހަކަތައިގެ ބާވަތް: ޑީސަލް

ޓްރާންސްމިޝަން ޓައިޕް: އޮޓޯގިއަރ

ހުންގާނު ޕޮޒިޝަން: ކަނާތްފަރާތު ހުންގާނު

ކޮންޑިޝަން: ރީކޮންޑިޝަންޑް

އޮރިޖިން: ޖަޕާން

އެއަރކޮންޑިޝަނަރ، ހީޓް ބްލޯވަރ، ކޮމް ސެޓް

ޑްރަމް ސައިޒް: 16

ރިއަރ ވީލް: ޑުއެލް

ފުރޮޅު: 7 ފުރޮޅު (ފަހަތްކޮޅުގައި 4 ފުރޮޅު، ކުރީކޮޅުގައި 2 ފުރޮޅު އަދި ރިޒާވް 1 ފުރޮޅު)

 

  1. 3.       އިތުރު މަޢުލޫމާތު

a)       މި ޕްރޮޖެކްޓްގައި ސަޕްލައިކޮށްދޭ ޕިކަޕް، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުން.

b)      ރަޖިސްޓްރޭޝަނާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ސަޕްލަޔަރ ދައްކައިދިނުން.

c)       ޕިކަޕް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލާއި ހަމައަށް ޑެލިވަރކުރުން.

 

  1. 4.       ބިޑް ރަޖިސްޓްރޭޝަން

2022 އޭޕްރިލް 5 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

  a.ވިޔަފާރީގެ ނަން

  1. ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  2. ވެރިފަރާތުގެ ނަން
  3. ވެރިފަރާތާއި ގުޅޭނެ ނަންބަރު
  4. އީމެއިލް އެޑްރެސް

 

  1. 5.       އަގު ހުށަހަޅަންވީ ގޮތް:
  2. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  3. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  4. ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ޕިކަޕް ގަތުން "

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ރ. މަޑުއްވަރި، ދިވެހިރާއްޖެ

 

  1. 6.       ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
  2. ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  3. ވިޔަފާރީގެ ޕްރޮފައިލް
  4. އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  5. މުއްދަތު ހުށަހަޅާ ފޯމް
  6. 3 މަސް ހަމަނުވާ ޓެކްސް ކުލިއަރެންސް ރިޕޯޓް

 

  1. 7.       ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
  2. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-          އަގު %70

-          މުއްދަތު

-          ވޮރަންޓީ (ވޮރަންޓީ 1 އަހަރަށްވުރެ ކުރުނަމަ ޕޮއިންޓެއް ނުލިބޭނެއެވެ. 1 އަހަރާއި 2 އަހަރާއި ދެމެދުނަމަ، 5 ޕޮއިންޓް، 2 އަހަރު ނުވަތަ އެއަށްވުރެ އިތުރުނަމަ، 10 ޕޮއިންޓް)

-          ވޮރަންޓީގެ މުއްދަތުގައި މަރާމާތު ކުރެވޭނެ ނުވަތަ ދޭނެ ޚިދުމަތްތައް ވޮރަންޓީ ލިޔުމުގައި ހިމަނަންވާނެއެވެ.

-          ވެހިކަލްގެ ޢުމުރު (2022 ވަނަ އަހަރުނަމަ 10 ޕޮއިންޓް، 2021 ވަނަ އަހަރުނަމަ 9 ޕޮއިންޓް، 2020 ވަނަ އަހަރުނަމަ 8 ޕޮއިންޓް، 2019 ވަނަ އަހަރުނަމަ 7 ޕޮއިންޓް، 2018 ވަނަ އަހަރުނަމަ 6 ޕޮއިންޓް، 2017 ވަނަ އަހަރުނަމަ 5 ޕޮއިންޓް، 2016 ވަނަ އަހަރުނަމަ 3 ޕޮއިންޓް، 2015 ވަނަ އަހަރުނަމަ 1 ޕޮއިންޓް)

  1. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
  2. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.
  3. އަންދާސީ ހިސާބު އިވެލުވޭޓްކުރުމުގައި އެންމެ ދިގު ވޮރަންޓީ މުއްދަތު، ވޮރަންޓީގެ ބެންޗްމާކުގެ ގޮތުގައި ބަލާނެއެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. އިތުރު މަޢުލޫމާތު ސާފުކުރުން
  7. މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 އޭޕްރިލް 4 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

 

  1. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  3. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 މާރިޗު 2022
ހޯދާ