ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާ މަޝްރޫޢުގެ ޑަބްލިޔު.ޓީ.ޕީ ސަރަހައްދުގައި ހުރި 10 ރުއް ކެނޑުމާއި ގުޅޭ

               ފެނާއި ނަރުދަމާ ނިޒާމް މަސްރޫއުގެ ޑަބްލިޔު.ޓީ.ޕީ ބެހެއްޓުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި 10 ރުއް ކަނޑަން ބޭނުންވެއެވެ. ވާރޭފެން ރައްކާކުރުމުގެ ނިޒާމް ޤާއިމްކޮށްފައިވާ ސަރަހައްދުގެ އުތުރުން ޑަބްލިޔު.ޓީ.ޕީ ހެދުމަށް ހަމަޖެހިފައިވާ ސަރަޚައްދުގައި ކެނޑުމަށް ހަމަޖެހިފައިވާ ރުއްތައް ފާހަގަކުރުމަށް ރަތްކުލައިން ނަންބަރުޖަހާ ފާހަގަ ކޮށްފައިވާނެއެވެ.

               ވީމާ، މިދެންނެވިގޮތަށް ނަންބަރު ޖަހާފައިހުރި ރުއްތަކުގެ ވެރިފަރާތްތަކުން  ރުކުގައި ޖަހާފައި ހުރި ނަންބަރު އަދި އެއީ އެފަރާތެއްގެ ރުކެއްކަން އެނގޭނޭ ދެ ހެކިވެރިންގެ މަޢުލޫމާތާއެކު 03 އެޕްރީލް 2022 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން މިޢިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.

               މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 މާރިޗު 2022
ހޯދާ