ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

 (IUL)403-A/403/2022/45 :ނަންބަރު                              

އިޢުލާން

 

ވަޒީފާގެ ފުރުޞަތު:  

         މިއިދާރާގެ ނަންބަރު (IUL)403-A/403/2022/28  (21 ފެބުރުވަރީ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ވަޒީފާއަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް 2 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

މަޤާމް:

ކައުންސިލް އޮފިސަރ

 

މަޤާމުގެ ނަންބަރު:

J-337202

 

ބޭނުންވާ ޢަދަދު:

1

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެމް.އެސް 1

 

މަޤާމުގެ ކުލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

 

މުސާރަ:

5610.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގ ކޯ އެލަވަންސް2: 700.00 ރުފިޔާ

- ސިވިލް ސަރވިސް ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި، ވަޒީފާ އާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

-          ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޤައުމީ ތަރައްޤީގެ ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން 5 އަހަރު ދުވަހުގެ ރަށު ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ތާރީޚްގެ ކުރިން ފޮނުވުން، އަތޮޅު ކައުންސިލާއި ހިއްސާކުރުން އަދި ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި، ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2. ކައުންސިލް އިދާރާއިން އެކުލަވާލެވިފައިވާ 5 އަހަރު ދުވަހުގެ ތަރައްޤީ ޕްލޭން ތަންފީޒުވަމުންދާގޮތް ބަލައި ކޮންމެ 2 މަހަކުން 1 ފަހަރު އެކަން އާންމުކުރުމާއި، ތަރައްޤީގެ ޕްލޭން ރިވިއުކޮށް ބެލެހެއްޓުން.

3. ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ރިވިއުކުރަންޖެހިއްޖެނަމަ، ތަރައްޤީ ޕްލޭނާއި އަދި ފައިނޭންޝިއަލް ޕްލޭން ރިވިއުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވައި، ކަމާއި ގުޅުންހުރި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

4. ކޮންމެ އަހަރަކަށްވެސް ތައްޔާރުކުރާ އެކްޓިވިޓީ ކަލަންޑަރާއި އެއްގޮތަށް އެއަހަރަކަށް ހިންގަން ބޭނުންވާ މަޝްރޫޢުތައް ޕުލޭންކޮށް އެއާއި ގުޅިގެން ހަދަންޖެހޭ އެހެނިހެން ޕްލޭންތައް ހަދައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

5. ހުދާ މިސްކިތާއި، ސަބީލު މިސްކިތުގެ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި، އިމާމުން އަދި މިސްކިތު ކައުންސިލް އެސިސްޓެންޓުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް ބެލެހެއްޓުމާއި މަސައްކަތު ފެންވަރު ބެލުމާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފުވާ މުވައްޒަފުންނަށް، ޤާނުނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ނަސޭހަތް ދިނުމާއި އިސްލާހީ ފިޔަވަޅު އެޅުން އަދި ސެކުރެޓަރީ ޖެނެރަލްއަށް ހުށަހެޅުން.

6. އައިޑީ ކާޑު ހެދުން ( އައިޑީ ކާޑު ހެދުމާއި ގުޅޭ ހުރިހާ މަސައްކަތެއް ކުރުން )

7. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

8. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

9. ރަށުގައި ރައްވެހި ވެފައިވާ މީހުންގެ ތެރެއިން ޚާއްސަ އެހީތެރިކަމާއި،ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ޙާލަތު އެނގޭނެ ދަފުތަރެއް އެކުލަވާލައި ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބަލައި ކަމާއިގުޅޭ ޤައުމީ އިދާރާތަކަށް ރިޕޯޓް ފޮނުވުން.

10. އެއްގަމު ލައިސަންސް ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި، އެކަމާއި ގުޅޭ ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.

 

މަޤާމްގެ ޝަރުތުތައް:

1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، ބިޒްނަސް، ބިޒްނަސް މެނޭޖްމަންޓް، ކޮމާސް، ކޮމިޔުނިޓީ ޑިވްލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ޑިވޮލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، ފައިނޭންސް، ގަވަރނަރސް، ހިއުމަން ރިސޯސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަރނޭޝަނަލް ރިލޭޝަން، ލޯ، ލޯކަލް ގަވަރނަރސް، މެނޭޖްމަންޓް، މާކެޓިންގ، މާކެޓިންގ މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލޮކް ޕޮލިސީ، ޕަބްލިކް ރިލޭޝަން، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، އާބަން ސްޓަޑީޒް.

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، ބިޒްނަސް، ބިޒްނަސް މެނޭޖްމަންޓް، ކޮމާސް، ކޮމިޔުނިޓީ ޑިވްލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ޑިވޮލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، ފައިނޭންސް، ގަވަރނަރސް، ހިއުމަން ރިސޯސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަރނޭޝަނަލް ރިލޭޝަން، ލޯ، ލޯކަލް ގަވަރނަރސް، މެނޭޖްމަންޓް، މާކެޓިންގ، މާކެޓިންގ މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލޮކް ޕޮލިސީ، ޕަބްލިކް ރިލޭޝަން، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، އާބަން ސްޓަޑީޒް.

 

ގުޅޭ ވަޒީފާގެ ދާއިރާތައް:އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް،

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

ދާއިރާ

ކެޓަގަރީގެ ޖުމްލަ އިންސައްތަ

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންގ އާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

 

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %60 (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ނޯޓް: އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލްގައި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ނަމާއި މަޤާމްގެ ނަންބަރު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ 04 އޭޕްރީލް 2022 އާއި 21  އޭޕްރީލް 2022 އާއި ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާ ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއު އާއި އިމްތިޙާނަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

 

 

 

''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' ޢާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800705 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ '' އައްޔަންކުރުމުގެ އުޞޫލާގުޅޭ'' (http://www.csc.gov.mv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

23 މާރިޗު 2022
ހޯދާ