ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައުވެ ހަލާކުވެފައިވާ ސާމާނު ނީލަން ކިއުމާއި ގުޅޭ

މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ސާމާނު ނީލަން ކިޔުން 29 މާރިޗް 2022 ވާ އަންގާރަ ދުވަހު 10:00 ގައި ބައު ސްކޫލު ބިމުގައި އޮންނާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 މާރިޗް 2022 ވަނަ ދުވަހު 9:55 އަށް  ބައު ސްކޫލް ހުރިބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަން ފެށޭއިރު ވަޑައިނުގަންނަވާ ފަރާތްތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 31 މާރިޗް 2022 ވާ ބުރާސްފަތި ދުވަހު 12:00 ގެކުރިން މިއިދާރާއަށް ފައިސާ ދައްކަވައި 31 މާރިޗް 2022 ދުވަހުގެ 6:00 ގެ ކުރިން ނީލަމުން ނެންގެވި ހުރިހާ ތަކެތި އެތަނުން ގެންދަވަން ވާނެއެވެ.

ނީލަން ކިޔުމަށް ނިންމާފައިވާ ތަކެތީގެ މަޢުލޫމާތު ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު   9:00 ން މެންދުރު 12:00 ދެމެދު މިދާރާއިން ލިބޭނެވާހަކަ ދަންނަވަމެވެ. އަދި ނީލަން ކިއުމަށް ނިންމާފައިވާ ތަކެތީގެ މަޢުލޫމާތު 6500035 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދަންނަވަމެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 މާރިޗު 2022
ހޯދާ