ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މީދޫ ކައުންސިލްގެ 5ވަަނަ ޤުރުޢާން މުބާރާތާއި ގުޅޭ

މިއިދާރާއިން އިންތިޒާމް ކޮށްގެން ބާއްވަމުންގެންދާ ޤުރުއާން މުބާރާތް 5 އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ އޭޕްރީލް މަހުގެ 21، 22 އަދި 23ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

       ވީމާ، މި މުބާރާތުގައި ބައިވެރިވެ ލައްވަން ބޭނުންވާ ފަރާތްތަކަށް 31 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

22 މާރިޗު 2022
ހޯދާ