މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކޮމިއުނިޓީ ޙެލްތް އޮފިސަރ)

ލަންދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމް

ކޮމިއުނިޓީ ޙެލްތް އޮފިސަރ

މަޤާމްގެ ނަމްބަރ

J-351190

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

އެމް.އެސް 1

މަޤާމްގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ލަންދޫ ސިއްޙީމަރުކަޒު

މުސާރަ

 5610 ރުފިޔާ

ސާރވިސް އެލަވަންސް 

 2500 ރުފިޔާ

 

އެހެނިހެން އެލަވަންސް

1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700 ރުފިޔާ

2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

 

މަޤާމްގެ މައިގަނޑު

މަސްއޫލިއްޔަތާއި ވާޖިބުތައް

1. މިނިސްޓްރީ އޮފް ހެލްތާއި އަދި ސިއްޙީމަރުކަޒުގެ ސްޓްރެޓެޖިކް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން ކޮންމެއަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވާ އެޕްލޭނާއި އެއްގޮތަށް ޞިއްޙީމަރުކަޒުގެ ހެލްތް ޕްރޮމޯޝަން ރާވާ ހިނގާ ނުހިގާގޮތް ބެލުމާއި ކަމާބެހޭ ފިޔަވަޅުއެޅުން.

2. ރަށުގެ ޞިއްޙީ ޙާލަތު ރަގަޅު ކުރުމަށް ބޭނުންވާ ޞިއްޙީމަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަށް ރޭވުމުގައި އެހީތެރިވެ ހިނގާ ނުހިނގާގޮތް ބަލާ އިވެލުއޭޓްކޮށް ފީޑްބެކްދިނުން. އަދި ޕްރޮގްރާމްތަށް ހަރުދަނާ ކަންމަތީ ހިންގުމަށް ބޭނުންވާ އިތުރުއެހީ ފޯރުކޮށްދިނުމަށް ވީ އެންމެ ފުޅާ ދާއިރާއެއްގައި މަސައްވަތް ކުރުން.

3. ކޮމިއުނިކަބަލް އަދި ނޮން ކޮމިއުނިކަބަލް ޑިޒީޒް ކޮންޓްރޯލް ޕްރޮގްރާމްތަށް ރަށުގައި ޤަޥާއިދުން ހިންގުމާއި ޤަވާޢިދުން ރިޕޯޓްފޮނުވުން.

4. ޗައިލްޑް އެންޑް ނިއުޓްރިޝަން ޕްރޮގުރާމްގެ މަސައްކަތް ކުރުމާއި ޑިޕާރޓްމަންޓުން ފޮނުވާފައިވާ ވަސީލަތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި ޤަވާއިދުން ރިޕޯޓް ފޮނުވުން.

5. ސުކޫލް ހެލްތް ޕްރޮގްރާމް ރަށުގައި ޤަވާޢިދުން ހިންގާ ރިޕޯޓް ފޮނުވުން.

6. ޙިދުމަތް ދިނުމަށް ދަތި ނުވާނޭހެން ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ތަކެއްޗާ ކަންކަމުގައި މޯލްޑިވިއަން ބްލަޑު ސަރވިސަސްގެ އިރުޝާދާއި އެއްގޮތަށް އަމަލުކޮށް ވީ އެންމެ ފުޅާ ދާއިރާއެއްގައި އެމަސައްކަތުގައި އެހީތެރިވެ ރިކޯޑްތައް ބެލެހެއްޓުން.

7. ރިޕްރޮޑަކްޓިވް ހެލްތް ޕްރޮގްރާމްގެ ޚިދްމަތްދިނުމުގައި، ލުއިފަސޭހަ ކަމާއެކު ޚިދްމަތް ލިބިގަނެވޭނެ ފަދަގޮތަކަށް ރާވާހިންގުމާއެކު ސްޓޮކް ބެލެހެއްޓުން.

8. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތާއި ބެހޭގޮތުން ރަށުގައި ހިންގޭ އެންމެހައި ހަރަކާތްތަކުގެ ރިޕޯޓް ފޮނުވުން.

9. ރަށުތެރޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް ވިޒިޓްތަށް ޕްލޭންކޮށް ރަށުތެރޭގެ ވިޒިޓް ޕްރޮގްރާމް އެކުލަވާލައި ކުރިއަށް ގެންދިޔުން.

10. ރަށުގައި ރޯގާއެއް ފެށިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާއި ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމާއި، އެކަން ހިނގާ ނުހިނގާ ގޮތް ވިލަރެސް ކުރުމާއި އެމައުލޫމާތު ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް އަންގާ މަޝްވަރާހޯދާ ފިޔަވަޅު އެޅުން.

11. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ވޯކްޝޮޕް، ސެމިނަރ ބައްދަލުވުންތަށް އިންތިޒާމްކޮށް ރާވާ ހިންގުން.

12. ރަށުގެ އާންމުންނަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ރާވާ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން.

13. ޞިއްޙީ މައުލޫމާތު އެކުލެވޭފަދަ ލީފްލެޓް، ލުއިފޮތް އަދި ވީޑިޔޯޓޭޕް ތައްޔާރުކޮށް / ހޯދާ (ހެލްތް ޕްރޮމޯޝަން ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު) ރަށުގެ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.

14. ސިއްޙީމަރުކަޒުގެ މުވައްޒަފުންގެ މެދުގައި ސިއްޙީ މައުލޫމާތު އިތުރުކުރުމަށް އެކި ޕްރޮގްރާމްތަށް ރާވާ ހިންގުން.

15. ރަށުގެ ފޫޅުމައިންނާއި، އާއިލާގެ އެހީތެރިންނާއި، ޕިޔާރ އެޑިޔުކޭޓަރުންނާއި، ހެލްތް ޓާސްކްފޯސް މެމްބަރުންނަށް ރެފްރެޝާ ޓްރެއިނިންގް ޕޮރޮގްރާމްތަށް ރާވާ ހިންގުން.

16. މަދިރި މަދުކުރުމަށްޓަކައި ހިންގޭ އެންމެހައި ކަންތައްތަށް ރާވާ ހިންގުމުގައި ރަށުކައުންސިލްތަކަށް ފަންނީ މައުލޫމާތުދީ މަސައްކަތުގައި އެހީތެރިވުމާއި އެފަދަ ތަންތަން ދެނެގަނެ ކައުންސިލްތަކުގެ އެހީތެރިކަމާއެކު ނައްތާލުމަށް މަސައްކަތްކުރުން.

17. ޞިއްޙީމަރުކަޒުގައާއި، ފެމިލީ ހެލްތް ސެކްޝަންގައި ހިންގާ އެކިއެކި ޞިއްޙީ ހަރަކާތްތަކުގެ މައުލޫމާތު އެއްކޮށް ޓީ.ވީ ރޭޑިޔޯ އަދި ނޫސްތަކަށް ހަބަރުދިނުން.

18. ޞިއްޙީގޮތުން ފާހަގަކުރަންޖެހޭ އެކިއެކި މުނާސަބާތަށް ކުރިޔާލާ ރާވާ ހިންގުން.

19. ބޯފެނާއި ފާޚާނާގެ ކަންތައްތަށް ރަނގަޅުކުރުމަށްކުރެވޭ އެންމެހައި ކަންތައްތަށް ރާވާ ހިންގުން.

20. ރަށުގެ ފާމަސީތަކުގެ ކަންތައްތަށް ބަލާ މޮނީޓަރކުރުން، އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިރުޝާދާ އެއްގޮތަށް އިސްލާހީ ފިޔަވަޅު އަޅަމުންގެންދިޔުން.

21. ހިނގާ ބިނގާވެ ނޫޅެވޭ ބަލިމީހުންގެ (ދާނުގައިތިބޭ) މައުލޫމާތު އެއްކޮށް އެފަދަ މީހުންނަށް ބޭނުންވާ ފަރުވާއާއި ޞިއްޙީ ރައްކާތެރިކަން ފޯރުކޮއްދިނުމަށް އާއިލާގެ ގާބިލްކަން އިތުރުކުރުމާއި ގަވާއިދުން ޒިޔާރާތްކުރުމާއި، މަރުކަޒުން ފޯރުކޮއްދެވެންހުރި އެހީތަށް ފޯރުކޮށްދިނުން.

22. ސިކުނޑި ހަމަނުޖެހޭ މީހުންނާއި، ވެއްޓޭބަލީގެ އެންމެހާ މީހުންގެ ކަންތަށް ބެލުން ( ރަޖިސްޓްރީ ބެލެހެއްޓުމާއި، މަހުންމަހަށް ރިޕޯޓްފޮނުވުމާއި، ބޭހަށް އޯޑަރުކުރުމާއި، ބޭސްދޫކުރުމާއި، ސްޓްކް ބެލެހެއްޓުން.)

23. އެލިމިނޭޝަން ޕްރޮގްރާމްތަކުގެ މަސައްކަތް އިވެލުއޭޓްކޮށް މޮނީޓަރކުރުމާއެކު ކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެޙާ ކަންކަން ބަރާބަރަށް ކުރަމުން ގެންދިޔުން.

24. ސިއްޙީމަރުކަޒުގައި ހެދިފައިހުންނަ ގަވާއިދުތަށް ތަންފީޒުކުރުމަށާއި ދެމެހެއްޓުމަށް ބާރުއަޅައި ވެރިންނަށް އެއްބާރުލުންދިނުން.

25. މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމުގައި މިނިސްޓްރީ އޮފް ހެލްތްއާއި/ ޑިޕާޓްމަންޓްތަކާއި، ރީޖަނަލް/ އަތޮޅު ހޮސްޕިޓަލްގެ އިރުޝާދުގެ މަތިން މަސައްކަތްކުރުމާއި، ހޮސްޕިޓަލް، ޞިއްޙީމަރުކަޒު، ހެލްތް ޕޯސްޓްތަށް ހިންގުމާއި ޚަވާލުވާން ޖެހިއްޖެނަމަ މަރުކަޒުތަކާއި ޚަވާލުވެ މިނިސްޓްރީ އޮފް ހެލްތްގެ އިރުޝާދުގެ މަތިން އަމަލު ކުރުން.

26. އަތޮޅުތެރޭގައި ޑޮކްޓަރުން މަދުވާ ދަނޑިވަޅުތަކުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް/އަތޮޅު ހޮސްޕިޓަލުން އަންގަވާ ގޮތެއްގެމަތިން އަމަލުކުރުން.

27. އަތޮޅުތެރޭގައި ހިމެނޭ ރަށްރަށުގައި ސިއްޙީ އެހީތެރިން (ކޮމިއުނިޓީ ހެލްތް އޮފިސަރުން) ގާއިމުވެ ތިބެންޖެހޭ މިންގަނޑަށްވުރެ މަދުވާ ހާލަތްތަކުގައި، ކަނޑައެޅިފައިވާ އޮންނަ އުސޫލާއި އެއްގޮތަށް އަތޮޅުގެ އެހެން ރަށްރަށުގައި ދޭންޖެހޭ ޚިދްމަތްތަށް ދިނުމުގައި މިނިސްޓްރީ އޮފް ހެލްތާއި، ރީޖަނަލް/އަތޮޅު ހޮސްޕިޓަލުން އަންގާ ގޮތެއްގެ މަތިން އަމަލުކުރުން.

28. ޞިއްޙީ ޚިދުމަތުގައި އެކުލެވިފައިވާ ސިއްޙީ ފަރުވާގެ ހިދްމަތްތަކާއި ސިއްޙީ ރައްކާތެރިކަމުގެ ހިދްމަތްތައް އެއް މަސައްކަތެއް އަނެއް މަސައްކަތަކަށް ބާރު ލިބޭ ފަދަ ގޮތަކަށް ރާވާ ހިންގުމާއި، މުޅި ރަށުގެ ރައްޔިތުންގެ ސިއްޙަތު ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް އެއްމަސައްކަތެއްގެ ގޮތުގައި ދެނެގަނެ، މިނިސްޓްރީ އޮފް ހެލްތްގެ އަމާޒުތަކާއި ލަނޑުދަނޑިތައް ހާސިލްވާނޭ ގޮތަށް މަސައްކަތްތައް ރާވާ ހިންގުން.

29. ޞިއްޙީ ދާއިރާ ތަމްސީލްކުރަންޖެހޭ ހާލަތްތަކުގައާއި ހަފްލާ މުނާސަބަތުތައް ފަދަ ކަންކަމުގައި ބައިވެރިވެ، ސިއްހީ ދާއިރާ އާއި ސިއްހީ ހިދްމަތުގެ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ހިއްސާވެ ބައިވެރިވުން.

30. ސުކޫލްގައި ނޫޅޭ ކުޑަކުދިންނަށް ފަނިބޭސްދިނުން.

31. ވެކްސިނޭޝަން ޕްރޮގްރާމްގެ އެންމެހާ މަސައްކަތް ޤަވާއިދުން ކުރިއަށް ގެންދިއުން.

32. ވިޓަމިން އޭ ބޭސް ދިނުމުގެ އެންމެހާ މަސައްކަތް.

33. ދުންފަތުގެ އިސްތިޔުމާލު ކުރުމުން މަނާކުރާ ގާނޫނުން ޞިއްޙީ ދާއިރާއިން ކުރަން ލާޒިމްކުރާ އެންމެހާ ކަންކަންކުރުން.

34. މަސްވެރިކަން ކުރާ އުޅަނދުފަހަރު ބަލާ ޗެކްކޮށް ސެޓިފައިކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

35. ހޮޓާ،ކެފޭ، ރެސްޓޯރެންޓް އަދި ކާބޯތަކެތީގެ ސާފުތާހިރުކަމާއި ޗެކްކޮށް ދޫކުރަންޖެހޭ ސެޓްފިކެޓް ދޫކުރުމާއި ގުޅޭ އެންމެހައި މަސައްކަތްތައްކުރުން.

36. މީގެ އިތުރުންވެސް ސިއްޙީމަރުކަޒުން އަންގަވާ މަރުކަޒުގެ މަސައްކަތްކުރުން.

37. ސިއްހީ ކުއްލި އިމަޖެންސީތަކާއި ހާދިސާތަކާއި ޕެންޑަމިކްތަކުގައި އަމިލީގޮތުން މަސައްކަތްކުރުން.

 

 

މަޤާމްގެ ޝަރުތުތައް

މަޤާމްގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޙެލްތް ސަރވިސަސް

 

 

މަޤާމްގެ ތަޢުލީމީ ރޮނގުތައް

  • ކޮމިއުނިޓީ ހެލްތް
  • ޕްރައިމަރީ ހެލްތް ކެއަރ

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:  ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ކޮމިއުނިޓީ ހެލްތް
  • ޕްރައިމަރީ ހެލްތް ކެއަރ

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން   (http://www.csc.gov.mv/download/2486)  އަދި ލަންދޫ ސިއްޙީމަރުކަޒުގެ އޮފީސް ބައިން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ)ސިވިލްސަރވިސްގެތަޖުރިބާގެތެރެއިން  https://myaccount.csc.gov.mv/ އިން ފެންނަންނެތް  ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ތަޢުލީމާއިތަމްރީންލިބިފައިވާމިންވަރު
  2. މަސައްކަތުގެތަޖުރިބާލިބިފައިވާމިންވަރު
  3. މަސައްކަތުގެހުނަރާއިފެންވަރާއިޤާބިލުކަމާއިސިފަތައް.

 

 

 

 

މަޤާމަށް އެދެންވީގޮތާއި، ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމް (ސިވިލްސަރިސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް) ލަންދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.އަދި ސިވިލްސަރވިސް ވެބްސައިޓް http://www.csc.gov.mv/download/2249 އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 30 މާރޗް 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ލަންދޫ ސިއްޙީމަރުކަޒަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާނަމަ، އެޕްލިކޭޝަން ފޯމާއި އެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށައަޅާފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ. އަދި ހުށަހަޅާ ފޯމަކީ ސިވިލްސަރވިސް ކޮމިޝަނުން އެންމެފަހުން އާންމުކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމްކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.  

 

 

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިހާން އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިހާން އޮންނާނީ 03 އެޕްރީލް 2022 އާއި 14 އެޕްރީލް 2022 އާއި ދެމެދު ލަންދޫ ސިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގެ ތެރޭގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ލަންދޫ ސިއްޙީމަރުކަޒުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް ލަންދޫ ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.

 

 

އިތުރުމަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަމްބަރ 6560599 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުސޫލާއިގުޅޭ" (http://www.csc.gov.mv/dc/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.   

23 މާރިޗު 2022
ހޯދާ