ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އޯޒޯން ދުވަހާއި ގުޅޭ.

2021 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް ( ޔުރެޕް ) އިން ކުރެހުމާއި، ފޮޓޯނެގުމުގެ މުބާރާތެއް ވަނީ ފަށާފައެވެ. މުބާރާތުގެ މައިގަނޑު މަޤުސަދަކީ އޯޒޯން ފަށަލައާއި ތިމާވެއްޓާއި ގުލޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. 2 އުމުރުފުރާއަކަށް ބަހާލައިގެ ( 15 އަހަރުން ދަށުގެ އުމުރުފުރާ އަދި 15 އަހަރުން މަތީގެ އުމުރުފުރާ ) ބަހާލެވިގެން ބޭއްވޭ މިމުބާރާތުގައި ހިމެނޭ  ކެޓަގަރީތަކަކީ ގްރެފިކް ޑިޒައިންއާއި، ކުރެހުމާއި، އަދި ފޮޓޯގްރަފީއެވެ. މިމުބާރާތުގެ ހުރިހާ އުފެއްދުންތައް ހުށަހަޅަންވާނީ އޮންލައިކޮށް www.ozone2climate.org ވެބްސައިޓް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. އަދި ތަކެތި ހުށަހެޅުމުގެ އެންމެ ފަހު ތަރީޚަކީ 31 މާރިޗު 2022 ކަމުގައި ދަންނަވަމެވެ.

މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިނިސްޓްރީގެ ޕްރޮޖެކްޓް އެސިސްޓަންޓް އަލްފާޟިލް އިބްރާޙިމް ފައުޒާން ފަޠުޙުﷲ ( އީމެއިލް : [email protected]  ފޯން : 3018361 އާ ގުޅުއްވުން އެދެމެވެ. އަދި މިމުބާރާތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާން އާއި އެކު އެޓޭޗް ކުރެވިފައި ވާނެ ވާހަކަ ދަންނަވަމެވެ.

     ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 މާރިޗު 2022
ހޯދާ