ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ރަސްމީދަނޑު ތަރައްޤީކުރުމަށް ކޮންސެޕްޓަކާއި އަދި ފުވައްމުލަކު އެއަރޕޯޓާއި، ފުވައްމުލަކު ބަނދަރުގައި މަރުޙަބާ މޮނިއުމެންޓްގެ ކޮންސެޕްޓު އެކުލަވާލުން

ފުވައްމުލަކު ކުރީގެ ރަސްމީދަނޑު ތަރައްޤީކުރުމަށް ކޮންސެޕްޓަކާއި އަދި ފުވައްމުލަކު އެއަރޕޯޓާއި، ފުވައްމުލަކު ބަނދަރުގައި މަރުހަބާ މޮނިއުމެންޓްގެ ކޮންސެޕްޓު އެކުލަވާލުން

ފުވައްމުލަކު ކުރީގެ ރަސްމީދަނޑު ރަސްމީ ބޭނުންތަކަށާއި ޢާއިލާތައް އެއްވެ ހިތްއުފާކޮށްލާ މައިޒާނެއްގެ ގޮތަށް ތަރައްޤީކުރުމަށްޓަކައި މިއިދާރާއިން ދޭ މަޢުލޫމާތުގެ އަލީގައި ކޮންސެޕްޓެއް އެކުލަވާލަން ބޭނުންވެއެވެ. އަދި ފުވައްމުލަކު އެއަރޕޯޓާއި، ފުވައްމުލަކު ބަނދަރުގައި މަރުޙަބާ މޮނިއުމެންޓެއްގެ ކޮންސެޕްޓްވެސް އެކުލަވާލަން ބޭނުންވެއެވެ.

މިގޮތުން ރަސްމީ ދަނޑަށް އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާ ފަރާތަށް 10,000.00 ރުފިޔާގެ ފައިސާގެ އިނާމު، އަދި މަރުޙަބާ މޮނިއުމެންޓުގެ ކޮންސެޕްޓަށް 5,000.00 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.

މިކަމާ ގުޅޭ މަޢުލޫމާތު 27 އޮގަސްޓު 2014 ވާ ބުދަ ދުވަހުން ފެށިގެން މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. https://www.facebook.com/visionfuvahmulah


ކޮންސެޕްޓް ހުށަހެޅުން

07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00އަށް

އީ-މެއިލުންނަމަ: [email protected]

ކަރުދާހުން ހުށަހަޅާނަމަ: ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް

އީ-މެއިލުން ހުށަހަޅާނަމަ 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:55 ގެ ކުރިން މެއިލްކުރައްވައި މެއިލް ލިބުނުތޯ ޔަގީންކުރަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6865001 ނަންބަރު ފޯނާއެވެ.

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ