މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
SCRAP VESSELS AUCTION

 

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް

             މާލެ، ދިވެހިރާއްޖެ

134-PRO/I/2022/10ނަންބަރ:  

އިޢުލާން

 ބޯޓުތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން

           މިކުންފުނީގައި ބޭނުންކޮށްފައިވާ ތިރީގައިވާ އުޅަނދުފަހަރު ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އުޅަނދުތައް އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ގއ. ކޫއްޑޫ) އާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (ޅ. ފެލިވަރު) ގައެވެ.

  1. 1.       ނީލަމުގައި ބައިވެރިވުން

ނީލަމުގައި ބައިވެރި ވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮޒިޓް ދެއްކުމަށްފަހު ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަށެވެ. ޑިޕޮޒިޓްގެ ގޮތުގައި އެ ނީލަމެއް ފެށޭ އަގުގެ 15% ދައްކަންވާނެއެވެ. ޑިޕޮސިޓް ފައިސާ ބަލައިގަނެވޭނީ ނަގުދު ފައިސާ ނުވަތަ އޮންލައިން އެކައުންޓް ޓްރާންސްފަރ އިންނެވެ. ޓްރާންސްފަރ ކުރާނެ އެކައުންޓް ނަންބަރ ރިސެޕްޝަނުން ލިބިލައްވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ހުށަހަޅުއްވާ ސިޓީގައި، ތިރީގައިވާ ހުރިހާ މައުލޫމާތުތަކާއި ލިޔެކިޔުންތައް ހިމަނަންވާނެއެވެ.

މައުލޫމާތު:

  • ނީލަން ނަންބަރ
  • އެފަރާތެއްގެ ފުރިހަމަ ނަން (ކުންފުއްޏެއްނަމަ ކުންފުނީގެ ފުރިހަމަ މައުލޫމާތު ހިމަނަން ވާނެެ)
  • އައި.ޑީ. ކާޑު ނަންބަރ (ކުންފުންޏެއްނަމަ ރަޖިސްޓްރޭޝަން ނަންބަރު)
  • އެޑްރެސް
  • ގުޅޭނެ ފޯނު ނަންބަރ
  • އީމެއިލް އެޑްރެސް

 

ރަޖިސްޓްރީ ކުރާ ސިޓީގެ އިތުރުން ހުށަހަޅަންޖެހޭ ލިޔެކިޔުން:

  • އަމިއްލަ ފަރާތަކުންނަމަ:
  • ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ
  • ކުންފުއްޏެއްނަމަ:
  • ކުންފުނީގެ ރަޖިސްޓްރޭޝަން
  • އިކޮނޮމިކް މިނިސްޓްރީއިން ދެއްވާ ކުންފުނީގެ ޕްރޮފައިލް
  • ކުންފުނީގެ ފަރާތުން އަގު ހުށަހަޅާ ފަރާތުގެެ އައިޑީކާޑު ކޮޕީ

 

  1. 2.       ނީލަން ހިނގާނެ ގޮތް

އަގުހުށަހަޅުއްވާނީ، މިކަމަށްޓަކައި މިފްކޯގައިބަހައްޓާފައިވާ ފޮއްޓަށެވެ. އަގު ހުށަހަޅުއްވާނީ ކޮންމެނީލަމަކަށް ވަކިސިޓީއެކެވެ. ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 10:00 ގައި މިކުންފުނީގެ ވެބްސައިޓް އަދި ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އެކަށީގެންވާ އަގަކަށް އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަންނިމި ފައިސާ ދައްކަން އެގްރިމެންޓްގައި ދެވޭ މުއްދަތުގައި ފައިސާ ދައްކައިފިނަމަ، އަގުގެތެރެއިން ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނިކޮށްދެވޭނެއެވެ. އަދި ފައިސާދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަނބުރާ ނުލިބޭނެއެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ލިބޭނެެއެވެ. ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ރެޖިސްޓްރޭޝަން މަސައްކަތް ފަށާ އެ އުޅަނދަކާއި ހަވާލުވާން ވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މިމަސައްކަތްކޮށް ނުނިންމައިފިނަމަ އެ އުޅަދެއް އަލުން ނީލަމުގައި ވިއްކާލުމުގެ އިހްތިޔާރު މިކުންފުންޏައް ލިބިގެންވެއެވެ.

 

 

 

  1. 3.      އުޅަނދު ފަހަރާއި ބެހޭ މައުލޫމާތު

ނީލަން ނަންބަރު

އުޅަނދުގެ ނަން

އުޅަނދުގެ ބާވަތް

އޮތްތަން

ނީލަން ފެށޭއަގު

ނީލަމަށް މަދުވެގެން އިތުރު ކުރެވޭނެވަރު

AUC-01

ހުވަދޫ ދުވެލި

ދޯނި (ލަކުޑި)

ޅ. ފެލިވަރު

10,000.00 ރ

2,000.00 ރ

AUC-02

ރަންދި-21

ކަލެކްޓަރ ވެސަލް (ދަގަނޑު)

ޅ. ފެލިވަރު

260,000.00 ރ

5،000.00 ރ

AUC-03

ރަންދި-16

ކަލެކްޓަރ ވެސަލް (ދަގަނޑު)

ގއ. ކޫއްޑޫ

260,000.00 ރ

5،000.00 ރ

 

  1. 4.      އުޅަނދުގެ ހާލަތު ބެލުން

އުޅަނދުގެ ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ކަމެކެވެ. މި އުޅަނދުފަހަރު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސައިޓްތަކަށް (ކޫއްޑޫ / ފެލިވަރު) އަށް ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7783822 ފޯނާގުޅުއްވުން އެދެމެވެ.

       22 މާރިޗް 2022

22 މާރިޗު 2022
ހޯދާ