ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގެ އިންފާރު ރޭނުމާއި ފެންސްޖެހުން

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ފުޓްބޯޅަ ދަނޑުގެ އިންފާރު ރޭނުމާއި، ފެންސްޖެހުން:

މިރަށު ފުޓްބޯޅަ ދަނޑުގެ އިންފާރު ރޭނުމާއި، ފެންސް ޖެހުމަށް ކުރެވުނު މިއިދާރާގެ ނަންބަރު IUL)412/412/2014/1)ފ(26 މެއި 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ ދެންނެވުނު މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 4 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ސެޕްޓެންބަރު 11 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 ފޯނަށް ގުޅުއްވުން އެދެމެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014
ހޯދާ