ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ހިރިޔާ ސްކޫލަށް 10 ސީ.ޕީ.ޔޫ ހޯދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސުކޫލަށް 10  ސީ.ޕީ.ޔޫ ހޯދަން ބޭނުންވެގެން ކޮށްފައިވާ އިޢުލާން (ނަންބަރު: (IUL)HS-BDG/HS/2022/29 އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލަށް 10 ސީ.ޕީ.ޔޫ ހޯދަން ބޭނުން ވެއެވެ. މި  ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 މާރޗް 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13.30 ށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު،  2022 މާރޗް 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13.30 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި އެވަނީއެވެ.

 

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

22 މާރިޗު 2022
ހޯދާ