ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކުރުން

ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކުރުން.

"ސްކޫލްތައް ފިޔަވައި "ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށްގެން ހިންގުމުގެ ޤަވައިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކިޔަވައިދޭތަންތަން ހިންގޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްގެންނެވެ. މިޤަވައިދުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން 18 އަހަރުން ދަށުގެ ކުދިންނަށް ކިޔަވައިދޭ އެއްވެސް ތަނެއް މިޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ނުކޮށް ހިންގުމަކީ މަނާކަމެކެވެ. އަދި މިޤަވައިދުގެ 16 ވަނަ މާއްދާގެ (ހ) ގައިވާގޮތުން މިޤަވައިދަށް ޢަމަލުކުރަންފަށާއިރު ،ރަޖިސްޓްރީނުކޮށް ހިންގަމުންގެންދިޔަ ކިޔަވައިދޭ ތަންތަން މިޤަވައިދަށް ޢަމަލުކުރަންފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މިޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓްރީ ކުރަންޖެހެއެވެ. އެގޮތުން މިޤަވައިދަށް ޢަމަލުކުރަން ފަށާފައިވާ ތާރީޚުން ފެށިގެން 2 މަސްދުވަސް 2022 ފެބްރުއަރީ 13 ގައި ވަނީ ހަމަވެފައެވެ.

            ވީމާ ، ރަޖިސްޓްރީނުކޮށް ކިޔަވައިދިނުމުގެ ޚިދްމަތް  ދެމުންދާ  ޓިއުޝަން ކްލާސްތަކާއި ކިޔަވައިދޭތަންތަން  2022  މާރިޗް 31 ގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކުރުމަށް މިނިސްޓްރީއޮފްއެޑިޔުކޭޝަނުންވަނީ އަންގަވާފައެވެ.  މިތާރީޚަށް ރަޖިސްޓްރީ ކުރަން ހުށަނާޅައި ކިޔަވައިދޭނަމަ ޤަވައިދުގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ،އެމިނިސްޓްރީން ފިޔަވަޅުއަޅުއްވާނެ ކަން އަންގަވާފައިވާތީ އެކަން އަންގައި އިޢުލާން ކުރީމެވެ.

21 މާރިޗު 2022
ހޯދާ