ދިވެހިރާއްޖެ
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އެކުލަވާލުމާގުޅޭ |
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް NSPA އިން ކުރައްވަމުން ގެންދަވާތީ، ހިތަދޫ އަވަށުގައި ތިއްބެވި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރު ކުރުމަށް ފޮނުއްވާފައިވާ ލިސްޓް އަޕްޑޭޓް ކުރުމުގެ މަސައްކަތް އަވަށުއޮފީހުން ކުރަމުންދާތީ، އެފަދަ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ((NSPA އަށް ފޯމު ހުށަހަޅުއްވާފައި ނުވާ ފަރާތްތަކުން ޑޮކްޓަރގެ ލިޔުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި އެކައުންޓް ވެރިފައިކުރާނެ ލިޔުމެއް ފޯމާއިއެކު މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 08:00 އިން 14:00 އަށް މިއޮފީހުގެ ކައުންޓަރުންނާއި NSPA ގެ ވެބްސައިޓުން (www.nspa.gov.mv) ނެވެ.
ވީމާ، " ދަފްތަރު އެކުލާވާލުމުގެ މަސައްކަތް ހިގަމުންދާއިރު " ފޯމު ބަލައިގަންނަ އެންމެ ފަހު ތާރީޚާކީ 27 މާރިޗް 2022 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ. މި ތާރީޚުގެ ފަހުންވެސް އާއްމުކޮށް ހުށަހެޅޭ ފޯމުތައް ބަލައިގަންނާނެ ވާހަކަ ދެންނެވީމެވެ.
18 ޝަޢުބާން 1443
21 މާރިޗު 2022