އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމަށް ގެނެވުނު ބަދަލުތަކާގުޅޭ

އިޢުލާން

 

ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމަށް ގެނެވުނު ބަދަލުތަކާގުޅޭ

 

މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓަ ފަރާތްތަކަށް މާލީ އެހީ ދިނުމާއިބެހޭ ޤަވާޢިދަށް ގެނެވުނު 01 ވަނަ އިޞްލާޙާއި ގުޅިގެން ގެނެވުނު ބަދަލުތަކާއިއެކު ފަޤީރު ޙާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާފޯމު މުރާޖަޢާ ކުރެވިފައިވާތީ އެ ފޯމު ބޭނުންކުރުމަށް NSPA އިން ވަނީ އަންގަވާފައެވެ. މި ގެނެވުނު ބަދަލާއި ގުޅިގެން އެހީ ޙައްޤުވާ ފަރާތެއްވާނަމަ ނުވަތަ މިހާރު އެހީ ލިބެމުންދާ ކުދިންގެ އިތުރުން އިތުރު ކުއްޖަކަށް އެހީ ޙައްޤުވާނަމަ އެފަދަ ފަރާތްތަކުން ވީ އެންމެ އަވަސް ފުރުޞަތެއްގައި އަލަށް ތަޢާރަފު ކުރެވުނު ފޯމު މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އަދި މި ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ވެބްސައިޓުން (www.nspa.gov.mv)  ލިބެން ހުންނާނެއެވެ.

އަދި ޤަވާޢިދު ނަންބަރު 2016/R-22 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޢާއްމު ޤަވާޢިދު) ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ދެވޭނީ 2 (ދޭއް) އަހަރުގެ މުއްދަތަށް މަހުން މަހަށް ކަމުން، އެހީ ހަމަޖެހުނުތާ 2 (ދޭއް) އަހަރު ހަމަވެފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

18 ޝަޢުބާން 1443

21 މާރިޗު   2022  

21 މާރިޗު 2022
ހޯދާ