ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ، ގައްދޫ މެޖިސްޓްރޭޓް ކޯޓްގައި އެއަރކޮންޑިޝަން އިންސްޓޯލް ކޮށްދީ އަދި އެއަރކޮންޑިޝަން ސަރވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 22 މާރިޗު 2022 00:00 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ގދ، ގައްދޫ މެޖިސްޓްރޭޓް ކޯޓްގައި އެއަރކޮންޑިޝަން އިންސްޓޯލް ކޮށްދީ އަދި  އެއަރކޮންޑިޝަން ސަރވިސްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި 01 އެއަރކޮންޑިޝަން ޔުނިޓް އަމިއްލަ ތަކެތީގައި އިންސްޓޯލް ކޮށްދިނުމާއި 02 އެއަރކޮންޑިޝަން ޔުނިޓް އަމިއްލަ ތަކެތީގައި ސާރވިސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރޗް 2022 ވާ ބުދަ ދުވަހު 13:00 އަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 27 މާރޗް 2022 ވާ އާދީއްތަ ދުވަހު 13:00 އަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް  ޓެލެފޯން ނަންބަރު 6840131 އަށް ގުޅުއްވުން އެދެމެވެ.

 

12 ޝަޢުބާން 1443

15 މާރޗް   2022

15 މާރިޗު 2022
ހޯދާ