ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓްގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓްގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިދާރީ ބަޔާއި ޚަސްމުން ތިބޭ ބަޔާއި ދެމެދު ކައުންޓަރ ޕާރޓިޝަނެއްޖަހައި އެތެރެއަށް ބަދަލުގެނައުމާއި، ކޯޓުގެ ނަރުދަމާ ރަށުގެ މެއިން ނަރުދަމާ ނިޒާމާއި ގުޅުވުމާއި، ކޯޓުގެ މައި ދޮރާއި ގޭޓާއި ދޭތެރެ ހިޔާވާ ގޮތަށް ޕޯޓިކޯއެއްހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިމަސައްކަތްތައް ކުރުމަށްޓަކައި 15 މާރޗް 2022 ގައިކުރެވުނު މިކޯޓުގެ ނަންބަރު Q4C-A/2022/3، އިޢުލާނާއި  Q4C-A/2022/4 އިޢުލާނާއި އަދި Q4C-A/2022/6 އިޢުލާން އެޢިއުލާންގައިވާ އިދާރީ ކުށެއްގެ ސަބަބުން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރީމެވެ.

 ވީމާ މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މާރޗް 2022 ވާ ބުދަ ދުވަހު 13:00 އަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 31 މާރޗް 2022 ވާ އާދީއްތަ ދުވަހު 13:00 ގެކުރިން ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް  ޓެލެފޯން ނަންބަރު 6840131 އަށް ގުޅުއްވުން އެދެމެވެ.

 

 

18 ޝަޢުބާން 1443

                                 21 މާރޗް   2022

21 މާރިޗު 2022
ހޯދާ