ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

މިސްކޫލް ހޯލް ސްޓޭޖްގެ ސިޑި ބަރިއަށް އަލްމޭނިއަމް ރޭމްޕެއް ޖަހައިދޭނެފަރާތެއް ބޭނުންވެއްޖެ.

މިކަމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

*(ދިގުމިން 8 ފޫޓް / ފުޅާމިން 5 ފޫޓް 7 އިންޗް)

* ބޭނުންވާ ވައްތަރުގެ ރޭމްޕްގެ ފޮޓޯއެއް އެއްކަރުދާސް ކުރެވިފައިވާނެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 މާރޗް 22 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ [email protected]   އަށެވެ.

* އިތުރުމައުލޫމާތު ހޯދުމަށް 7602085 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.

21 މާރިޗު 2022
ހޯދާ