މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުސަތު

ހިންމަފުށި ކައުންސިލް އިދާރާގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔައި، އެކަމުގެ ފުރުސަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ހީވާގި، ޤާބިލުމީހުންނެވެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

ރޭންކް :

އެމް އެސް 3

މަޤާމުގެކްލެސިފިކޭޝަން:

ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 3

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގެފައިސާ: ސިވިލް ސަރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:

ހިންމަފުށީ ކައުންސިލުގެ އިދާރާ/ކޯޕަރޭޓް އެފެއާޒް  

މަޤާމުގެ ޝަރުޠު:

ތަޢުލީމާއި ތަޖުރިބާ 

  • އެޑްމިނިސްޓްރޭޝަން/މޭނޭޖްމަންޓް  ދާއިރާއަކުން އެންމެ ދަށްވެގެންވެސް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން /މޭނޭޖްމަންޓް  ދާއިރާއެއްގައި     6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން، ނުވަތަ
  • އެޑްމިނިސްޓްރޭޝަން /މޭނޭޖްމަންޓް  ދާއިރާއަކުން އެންމެ ދަށްވެގެންވެސް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން /މޭނޭޖްމަންޓް      ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • އެޑްމިނިސްޓްރޭޝަން/މޭނޭޖްމަންޓް  ދާއިރާއަކުން އެންމެ ދަށްވެގެންވެސް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން /މޭނޭޖްމަންޓް   ދާއިރާއެއްގައި 2  އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 6 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ  

  1. ކައުންސިލުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ޒިންމާދާރުވެރިޔާގެ އިރުޝާދުގެދަށުން ސެޝަން ހިންގައި ވިލަރެސްކޮށް ބެލެހެއްޓުން.
  2.  ސެކްޝަންތަކުގެ މަސައްކަތުގެ އެންމެހައި ކަންތައްތައް އެކަމާބެހޭ މުވައްޒަފުންލައްވާ ކުރުވައި ހިންގައި ބެލެހެއްޓުން.
  3. ކައުންސިލް އިދާރާގެ އެންމެހައި މަރާމާތުތައް ބަލަހައްޓައި، ޤަވާޢިދުން ހުށަހަޅަންޖެހޭ ލިއުންތައް ހުށަހެޅުން.
  4. ކައުންސިލް އިދާރާގެ ފައިސާއާބެހޭ އެންމެހައި ކަންތައްތައް އިސްވެބެލެހެއްޓުމާއި، މުދަލާއި ތަކެތި ޤަވާޢިދުން ބަލަހައްޓަމުން ގެންދިއުން.
  5. ކައުންސިލް އިދާރާގެ މުވައްޒަފުންނާބެހޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުމާއި، އެކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން.
  6. ކައުންސިލް އިދާރާ ހުޅުވުމާއި ބަންދުކުރުމާބެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
  7. ކައުންސިލުން ހިންގާ އެކިއެކި ހަރަކާތްތަކާބެހޭ ކަންތައްތައް މުވައްޒަފުން މެދުވެރިކޮށް ކުރުން.
  8. ސަރުކާރުގެ މިނިސްޓްރީތަކާއި، މިނިސްޓްރީތަކުގެ ދަށުން ހިންގާ އިދާރާތަކުން ރަށުގައިދެވޭ ޚިދުމަތްތަކާ ހިންގާ ހަރަކާތްތައް ރާވައި، އެކަންކަން ވިލަރެސްކުރުމުގައި އިދާރީގޮތުން ކައުންސިލުން ކަނޑައަޅާ ކަންތައްތައް ކުރުން.
  9. އެކިފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުމާއި، އިދާރީގޮތުން ސެކްޝަނުން ކުރަންޖެހޭ ކަންތައްތައް ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ކުރުން.
  10. ކައުންސިލް އިދާރާއަށް ހުށަހެޅޭ ސަލާމަތީ ސެޓްފިކެޓް/އުޅަނދުފަހަރުގެ ސާފުތާހިރުކަމުގެ ސެޓްފިކެޓް/ ލައިސަންސްފަދަ ލިއުންތައް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  11. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާ ބެހޭގޮތުން ޒިންމާދާރުވެރިޔާގެ ލަފާގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  12. ޒިންމާދާރު ވެރިޔާ ޗުއްޓީ ނެގުމުން ޒިންމާދާރު ވެރިޔާގެ އެންމެހައި މަސްޢޫލިއްޔަތުތައް އަދާކުރުން.
  13. ސެކްޝަނުގެ އެންމެހައި މުވައްޒަފުންނަށް ތަމްރީން ދިނުމަށްޓަކައި، ޒިންމާދާރުވެރިޔާއަށް ހުށަހަޅަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެކަމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  14. ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަވާލުކުރެވިފައިވާ އެންމެހައި ތަކެތި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުން.
  15. މީގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ އެންމެހައި ކަންތައްތައް ކުރުމާއި، ޒިންމާދާރުވެރިޔާ ހަވާލުކުރާ ކައުންސިލްގެ މަސައްކަތްތައް ކުރުން.
  16. އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެގެން، މަތީގައިވާ މަސައްކަތްތައްކުރުން.

އިންޓަރވިއު އޮންނާނެ ދުވަހާއި ތަން.

ހ. މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު      5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާތިލުކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި، ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކުރެވިފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭފޯމް (އެޕްލިކޭޝަން ފޯމު، މާލެއަތޮޅު ހިންމަފުށީ ކައުންސިލުގެ އިދާރާއިން  ލިބެން ހުންނާނެއެވެ.)

ށ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކިޔަންއެނގޭ، ސާފު ކޮޕީއެއް )

ނ. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކުރެވިފައިވާ، އަސްލާ އެއްގޮތްކަމުގެ ތައްގަޑުޖަހައި، ވެރިއަކު ސޮއިކޮށްފައިވާ އަޞްލު )

ރ. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ ( ކިޔަންއެނގޭ، ސާފު ކޮޕީއެއް )

ބ. އެހެން ތަނެއްގެ ވަޒީފައިގާ އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އަންގައިދޭ އެތަނެއްގެ ތައްގަނޑުޖެހި ލިއުން

ޅ. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަލައިގެން މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާއަދާކުރާ އޮފީހުގެ ލިއުމެއް އަދި ސިވިލްސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޒިރީއާއި،  މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ޙާޒިރީއާއި މަސައްކަތު އުޅުމާއި އަޚުލާޤް ހުރިގޮތް ބަޔާންކުރާ ފޯމް. (ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާލައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ، ނަމަވެސް  މި އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފަކު، ވަޒީފާއިން އެދޭފޯމް ހުށަހަޅާއިރު މި ލިއުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

ކ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ތަކެތި ހުށަހެޅުމުގެ ސުންގަޑި :

8 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށް

މި އިޢުލާނާ ގުޅިގެން އިތުރުމަޢުލޫމާތު ސާފުކުރަން ސަރުކާރުގެ ރަސްމީގަޑީގައި ގުޅާނީ، 6642024 ފޯނާއެވެ. ފެކްސް ނަންބަރަކީ، 6642024 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ޛުލްޤަޢިދާ  1435

28 އޮގަސްޓް 2014
ހޯދާ