މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހަށް ހާއްސަކޮށްގެން އަޅާ ވަގުތީ މާރުކޭޓު ގޮޅި އަށް ކުރިމަތި ލުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ.

މާލެ ސިޓީ ކައުންސިލްގެ ނަންބަރ (IUL)425-A2/1/2022/105 (16 މާރިޗު 2022) ގެ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ވިލިމާލޭގައި ރަމަޟާން މަހަށް ހާއްސަކޮށްގެން އެޅުމަށް ހަމަޖެހިފައިވާ ވަގުތީ މާރުކޭޓުގެ ގޮޅިއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 27 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ ވިލިމާލެ ސެކްޝަނަށް އަށް ފޯމް ހުށަހެޅުމަށް ދެންނެވީމެވެ.

މިގޮތުން ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ވަގުތީ މާރުކޭޓު ގޮޅިއަށް ކުރިމަތި ލުމުގެ ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 މާރިޗު 2022
ހޯދާ